ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދީފި

6 އޭޕްރީލް 2025 - 07:28 0

ލީވާން އަލީ ނާސިރު

ލ

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން އިސްތިއުފާ ދިން ޝާފިއު -- އާޓްވޯކް: އިސްމާއިލް އިމްދާދު


ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދީފި

6 އޭޕްރީލް 2025 - 07:28 0

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު މިއަދު އިސްތިއުފާ ދީފި އެވެ.

ޝާފިއު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ ކަންކަން ހައްލުކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ނަމަވެސް ހައްލުކޮށްދޭނެ ކަމަށް އުންމީދު ކުރަނީ ކޮން ކަމެއްކަން ޝާފިއު ވިދާޅެއް ނުވެ އެވެ.

"ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް މަސްވެރިޔަކު ބާކީ ނުކުރާނެ ކަމަށް ޝާފިއު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.