Advertisement

ހުޅުމާލެއަށް ޑިންގީއެއްގައި ބަނގުރާ ބާލަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

6 އޭޕްރީލް 2025 - 11:30 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ރީތިގަސް މަގު ބްރިޖު ދަށުން ޑިންގީއެއްގައި ބަނގުރާ ބާލަން އުޅުނު ދެ މީހުން -- ފޮޓޯ؛ ފުލުހުން


ހުޅުމާލެއަށް ޑިންގީއެއްގައި ބަނގުރާ ބާލަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

6 އޭޕްރީލް 2025 - 11:30 1

ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ރީތި ގަސް މަގު ބްރިޖު ދަށުން ޑިންގީއެއްގައި ބަނގުރާ ދަޅުތަކެއް ބާލަން އުޅުނު ދެ މީހުން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ނޭޕާލް، ޓަކް ބަހާދުރު ރިލަމީ، 34 އަދި ބަންގްލަދޭޝް، ބަހާރު އުދީން، 34 ކަމަށެވެ.

އެ ދެ މީހުން ބަނގުރާ ދަޅުތައް އަޅާފައި ހުރި ފޮށިގަނޑު ހިފައިގެން ޑިންގީން ފޭބި ވަގުތު ފުލުހުން ފެނުމުން އެކަކު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

ހުޅުމާލެ އަށް ބަނގުރާ ބޭލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.