އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި

6 އޭޕްރީލް 2025 - 05:16 0

އަހުމަދު އާއިދު

އ

އެޗްޑީސީގެ ޑިރެކްޓަރުކަމުން މިއަދު ވަކިކުރި މުހައްމަދު ވަހީދު: އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ނުބުނޭ ---


އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި

6 އޭޕްރީލް 2025 - 05:16 0

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމުން ވަހީދު ވަކިކޮށްފައިވާ ކަމަށެވެ.

ވަހީދަކީ މިދިޔަ އަހަރު ފެންމަތިވި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި އެކަކެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހިފެހެއްޓި ހުރިހާ ޕާސްޕޯޓުތައް ދޫކޮށްލަން ފުލުހުން ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރެ އެވެ. ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ވަގު ލިޔުން ހުށަހަޅައިގެން ގޯތި ރަޖިސްޓްރީ ކުރި އެކަކަކީ، އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދެވެ.