Advertisement

ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

6 އޭޕްރީލް 2025 - 10:37 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިޖީއެމްއެޗްގެ އެމަޖެންސީ: ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ވަނީ ނަގާފައި -- ފޮޓޯ: އަދަދު


ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

6 އޭޕްރީލް 2025 - 10:37 1

އއ. ރަސްދޫގައި މާޗު 24، ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ 31 އަހަރުގެ އެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

"ވެންޓިލޭޓަރުން މިހާރު ވަނީ ނަގާފައި. އެކަމަކު ފަރުވާ ދެމުންދަނީ އައިސީޔޫގައި. ހާލު ސީރިއަސް އަދިވެސް،" އެ ހޮސްޕިޓަލުން ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ފިރިހެން މީހާގެ އިތުރުން އޭނާގެ 31 އަހަރުގެ އަނބިމީހާ ވެސް ފިހުނެވެ. އެ އަންހެން މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މާޗު 31، ގައި ވަނީ މަރުވެފަ އެވެ.

ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު މި ނޫހަށް ވިދާޅުވީ އެ ދެމަފިރިން ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދެމަފިރިން އެކަނި ކަމަށެވެ.

އެ ދެމަފިރިންގެ ފަސް އަހަރުގެ ތުއްތު ކުއްޖަކު ހުންނައިރު، އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ކޮޓަރީގައި ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ނޭނގެ އެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ވެސް އަދި މިހާތަނަށް އެއްޗެއް ނުބުނެ އެވެ.