ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

5 އޭޕްރީލް 2025 - 08:00 1

އަހުމަދު އާއިދު

އ


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

5 އޭޕްރީލް 2025 - 08:00 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އެ ހިދުތުން ތަހުގީގުކުރަމުންދާ ކަމަށާއި ވަޒަންތައް ގެންދިޔަ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މީހާގެ ގައުމާއި ޖިންސު ހިމެނޭހެން އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން ފުރަން ދިޔަ ނެމީބިއާ ފަތުރުވެރިއެއްގެ އަތުން 2021 ވަނަ އަހަރު ވެސް ވަޒަންތަކެއް ފެނުނެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ފަހުން ޑީޕޯޓްކޮށްލީ އެވެ.

މީގެ ކުރިން އެއާޕޯޓުން ފުރަން ދިޔަ ދިވެއްސެއްގެ އަތުން ބްލޭންކް ވަޒަނެއް ފެނިގެން އޭނާ ހައްޔަރުކޮށް ބޮޑު ޖިނާއީ ދައުވާއެއް ވަނީ އުފުލައިފަ އެވެ. ރ. އަލިފުށީ ފެހިގޭ އަހުމަދު އަފްލާހު 2008 ވަނަ އަހަރު އެއާޕޯޓަށް ފުރަން ދިޔައިރު އޭނާ އަތުން ވަޒަނެއް ފެނިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓި ކަމުގެ ދައުވާ އެވެ.

އަފްލާހު ބުނެފައި ވަނީ އެ ވަޒަނަކީ ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކ. ކުޑަވިލިނގިއްޔަށް ދިޔަ ދަތުރެއްގައި އެ ރަށުން ހޮވި އެއްޗެއް ކަމަށެވެ.

އޭގެ އިތުރުން 2016 ވަނަ އަހަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ރ. ދުވާފަރުން، ސިފައިން ތަމްރީނުތަކުގައި ގެންގުޅޭ ބާވަތުގެ ވަޒަނެއް ފެނިގެން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

50.00%

0.00%

0.00%

50.00%

މި ލިޔުން ކިޔާލުމުން


ޢަބްދުު

3 days ago

ތި އެއްޗެހި އެތެެެރެ ވި އިރު ނޭގޭބާ، ކަސްޓަމްސް ދޯ،، ޕިސް،ޕިސް. ތިމީހާ ގެނައިވަރުވެސް ނޭގޭނެ މިހާރު، ޔަގީން މިތާ އުޅޭ ބަޔަކަށް ވިއްކާލާފަ ވެސް ހުރެދާހާނެ، ފިސްތޯލައާއި ބައެއް ވަޒަންތައް މީހާކަށް ވިއްކާލީކަންނޭގެ