އާސެނަލް މެޗުގެ ކުރިން ރެއާލުގެ ތިން ކުޅުންތެރިން ޖޫރިމަނާ ކޮށްފި

5 އޭޕްރީލް 2025 - 06:44 0


އާސެނަލް މެޗުގެ ކުރިން ރެއާލުގެ ތިން ކުޅުންތެރިން ޖޫރިމަނާ ކޮށްފި

5 އޭޕްރީލް 2025 - 06:44 0

މެޑްްރިޑް، ސްޕެއިން (އޭޭޕްރީލް 5) - ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ޕެނަލްޓީ އިން ކުރިހޯދި މެޗުގައި އެ ޓީމުގެ ކުޅުންތެރިންގެ އުފާފާޅު ކުރުމުގައި ކުޅިވަރުގެ ރޫހާ ހިލާފަށް އަމަލު ބެހެއްޓި ކަމަށް ބުނެ ތިން ކުޅުންތެރިން ޖޫރިމަނާ ކުރަން ޔުއެފާ އިން ނިންމައިފި އެވެ.

މިދިޔަ މަހު ޔުއެފާ އިން ވަނީ އެތުލެޓިކޯ މެޑްރިޑް މެޗަށް ފަހު ހިނގާދިޔަ ކަންކަން ތަހުގީގުކުރަން ފަށާފަ އެވެ. އެ ގޮތުން، ރެއާލްގެ އެންޓޯނިއޯ ރުޑިގާ، ކީލިއަން އެމްބާޕޭ، ވިނީޝިއުސް ޖޫނިއާ އަދި ޑެނީ ސެބާޔޯސްގެ މައްސަލަ ޔުއެފާ އިން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި މައްސަލަ ބެލުމަށްފަހު ޔުއެފާ އިން ވަނީ އޭގެ ތެރެއިން ތިން ކުޅުންތެރިން ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. އެކަމަކު، ވިނީޝިއުސްއާ މެދު ފިޔަވަޅު އެޅެން ނެތް ކަމަށާއި، އޭނާ ކުޅިވަރުގެ ގަވާއިދާ ހިލާފު އަމަލެއް ހިންގި ކަމަށް ނުފެންނަ ކަމަށް ޔުއެފާ އިން ވަނީ ބުނެފަ އެވެ.

ޖޫރިމަނާ ކުރި ކުޅުންތެރިންގެ ތެރެއިން އެމްބާޕޭ، 30،000 ޔޫރޯ އިން ޖޫރިމަނާ ކުރިއިރު، ރުޑިގާ ޖޫރިމަނާ ކުރީ 40،000 ޔޫރޯ އިންނެވެ. އަދި ސެބާޔޯސް ވަނީ 20،000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްގެ އަމިއްލަ ދަނޑު އެމިރެޓްސް ސްޓޭޑިއަމްގައި ނުކުންނާނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގުގައި ރެއާލްގެ ދަނޑު ސެންޓިއާގޯ ބާނަބެއުގައި މެޗު ކުޅޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.