އިންޑިއާގެ ބޮޑުވަޒީރު މޯދީ ސްރީލަންކާއަށް ވަޑައިގެންފި

5 އޭޕްރީލް 2025 - 02:51 0

ލީވާން އަލީ ނާސިރު

ލ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ވަޑައިގެންނެވުން -- ފޮޓޯ: ޕީއެމްޑީ


އިންޑިއާގެ ބޮޑުވަޒީރު މޯދީ ސްރީލަންކާއަށް ވަޑައިގެންފި

5 އޭޕްރީލް 2025 - 02:51 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަސްމީ ދަތުރެއްގައި ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

މޯދީ ވެގެން މިދަނީ ސްރީލަންކާގެ ރައީސް އަނޫރަކުމާރަ ޑިސަނަޔަކަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ލަންކާއިން މަރުހަބާ ކިޔާ ދުނިޔޭގެ ފުރަތަމަ ލީޑަރަށެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބޭއްވި ބިމްސްޓެކް ގައުމުތަކުގެ ވެރިންގެ ސަމިޓަށް ފަހު ބެންކޮކުން މޯދީ ލަންކާއަށް އިއްޔެ ވަޑައިގަތީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކަށެވެ. އެ މަނިކުފާނަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު އެވެ.

ދަތުރުގެ ރަސްމީ ބައިތައް މިއަދާއި މިރޭ ރޭ ކުރިއަށް ދާނެ އެވެ. މި ދަތުރުގައި އިންޑިއާ އާއި ސްރީލަންކާއާ ދެމެދު ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯދީގެ ދަތުރުގައި ސްރީލަންކާއިން ވެސް އެ ގައުމަށް މިވަގުތު ބޭނުންވެފައިވާ ފޮރިން އިންވެސްޓްމަންޓްތައް އިންޑިއާއިން ލިބޭތޯ މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރު ސްރީލަންކާ ވެއްޓުނު އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް އޭރު އިންޑިއާ އިން ހަތަރު ބިލިއަން ޑޮލަރުގެ މާލީ އެހީ ދިނެވެ. ލަންކާއިން އިންޑިއާއަށް ދައްކަން ޖެހޭ 1.36 ބިލިއަން ޑޮލަރުގެ ލޯނު އޮތީ ފަސްކޮށްދީފަ އެވެ.

ލަންކާ ސަރުކާރުން ބުނީ މޯދީގެ ދަތުރުފުޅުގައި އިންޑިއާ އާއި ސްރީލަންކާއާ ދެމެދު ހަކަތަ، ޑިޖިޓަލައިޒޭޝަން، ސެކިއުރިޓީ، ސިއްހީ، އަދި މާލީ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ.

ލަންކާގެ ރައީސް އަނޫރާކުމާރަ ޑިސަނަޔަކަ ވަނީ އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުގައި މިދިޔަ ޑިސެންބަރު މަހު ދިއްލީއަށް ވަޑައިގެންފަ އެވެ.