Advertisement

މަސައްކަތުގެ މާހައުލުގައި ކުރިއަރަން މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ މުހިންމު؟

4 އޭޕްރީލް 2025 - 21:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަސައްކަތުގެ މާހައުލުގައި ކުރިއަރަން މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ މުހިންމު؟

4 އޭޕްރީލް 2025 - 21:28 0

މަސައްކަތުގެ މާހައުލަކީ ހަމައެކަނި ވަޒީފާ އަދާކުރާ ތަނެއް ނޫނެވެ. އެއީ އިންސާނުންގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ދުޅަހެޔޮކަން ބިނާވެ، ކުރިއެރުމަށް ފުރުސަތު ލިބެންޖެހޭ ތަނެކެވެ. ކޮންމެ މުއައްސަސާއެއްގެ ކާމިޔާބީއާއި ދެމެހެއްޓެނިވި ކުރިއެރުމުގެ އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ އިންސާނީ ވަސީލަތެވެ. އެހެންކަމުން، އެ އަގުހުރި ވަސީލަތުގެ ނަފްސާނީ ދުޅަހެޔޮކަމާއި، ހިތްވަރާއި، ހިތްހަމަޖެހުމަށް ސަމާލުކަން ދިނުމަކީ މުއައްސަސާގެ މުސްތަގުބަލަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.

އެ މުހިއްމު ދާއިރާއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ، ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާކޮށް، އުފެއްދުންތެރި ކުރުމަށް ބޭނުންވާ ފަންނީ މާހިރުން ބިނާކުރުމުގެ މަގުސަދުގައި، ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިކޮލޮޖީ އެންޑް ކައުންސިލިން އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މިވަނީ މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމެއް ތައާރަފްކޮށްފަ އެވެ.

އެ ޕްރޮގްރާމަކީ، އޯގަނައިޒޭޝަނަލް އަދި އިންޑަސްޓްރިއަލް ސައިކޮލޮޖީގެ އުޞޫލުތަކާއި އިލްމީ ހޯދުންތައް ބޭނުންކޮށްގެން، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް އިލްމީ ހައްލުތައް ހޯދައިދީ، މުވައްޒަފުންގެ ފެންވަރު މަތިކޮށް، މުއައްސަސާގެ އުފެއްދުންތެރިކަން އިތުރުކުރާނެ ހުނަރުވެރި، ގާބިލް ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ފަރުމާކުރެވިފައިވާ ހާއްސަ ޕްރޮގްރާމެކެވެ.

އެގޮތުން ލީޑާޝިޕް ތަރައްގީކޮށް މުއައްސަސާތަކަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތުގައި ކުރިމަތިލައި، ސައިކޮމެޓްރިކް އެސެސްމަންޓް ހަދައި ބޭނުންކޮށް، މުވައްޒަފުންނަށް ކޯޗިން އަދި މެންޓަރިން ފޯރުކޮށްދީ އަދި މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ފަދަ މުހިއްމު ދާއިރާތަކުގެ އިލްމާއި އަމަލީ ތަޖުރިބާ ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި އެ ޕްރޮގްރާމުން ލިބޭނެ އެވެ.

ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިކޮލަޖީ އެންޑް ކައުންސެލިންގގެ ހެޑް، ޑރ. އާއިޝަތު ނަޝީދާ ވިދާޅުވީ އަމާޒަކީ ހަމައެކަނި ތިއަރީތަކެއް ދަސްކޮށްދިނުމުގެ ބަދަލުގައި އިލްމާއި ހުނަރުގެ އަލީގައި، ރާއްޖޭގެ މަސައްކަތުގެ މާހައުލުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، މުވައްޒަފުންގެ ހިތްހަމަޖެހުމާއި އުފެއްދުންތެރިކަން އިތުރުކުރާނެ، ގާބިލް، ޒިންމާދާރު ޕްރޮފެޝަނަލުންތަކެއް ބިނާކުރުން ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، އިންސާނީ ވަސީލަތްތަކުގެ ހެޔޮގޮތުގައި ބޭނުން ހިފުމުގަ އާއި މުއައްސަސާތައް ހިންގުމުގައި އިސް ދައުރެއް އަދާކުރާނެ ބަޔަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ހިއުމަން ރިސޯސް ދާއިރާގައި، މެނޭޖްމަންޓް ފަންތީގައި، ނުވަތަ މުވައްޒަފުންނާ ގުޅުންހުރި އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، އަދި މި ދާއިރާއަށް ޝައުޤުވެރިކަން ހުންނަ މަތީ ތަޢުލީމުގެ ފުރުސަތު ހޯދަން ބޭނުންވާ ހުރިހާ ފަރާތްތަކަށެވެ.

ކިޔެވުން ކުރިއަށް ގެންދެވޭނީ، ދަރިވަރުންނަށް ފަސޭހަވާނެހެން، އޮންލައިންކޮށް ނުވަތަ ބޭނުންވާ ދަރިވަރުންނަށް ކްލާހަށް ހާޒިރުވެގެން ވެސް ކިޔެވޭނެ ގޮތަށެވެ. މީގެ އިތުރުން، އެ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ "ސޮސައިޓީ ފޯ އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ" ގެ މެންބާޝިޕް ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ.