އެލައިޑް އިސްލާމިކް ވިންޑޯގެ ހައްޖު/އުމްރާ ތަކާފުލް އަގުހެޔޮވެފައި ލިބޭ ކަވަރޭޖު މާ ފުޅާ

4 އޭޕްރީލް 2025 - 08:17 0

ލީވާން އަލީ ނާސިރު

ލ


އެލައިޑް އިސްލާމިކް ވިންޑޯގެ ހައްޖު/އުމްރާ ތަކާފުލް އަގުހެޔޮވެފައި ލިބޭ ކަވަރޭޖު މާ ފުޅާ

4 އޭޕްރީލް 2025 - 08:17 0

ރޯދަމަހު ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް މާތްވެގެންވާ މައްކާއަށް ދަތުރުކުރެ އެވެ. ދެ މަސް ފަހުން އަހަރެމެންނާ ބައްދަލުކުރާ ޒުލްހިއްޖާ މަހު ހައްޖުގެ އަޅުކަން އަދާކުރުމަށް ވެސް ގިނަ ބަޔަކު މައްކާއަށް ދަތުރުކުރާނެ އެވެ. މައްކާއަށް ދިޔުމަށް ސައުދީ އަރަބިއްޔާއަށް ފުރަނީ ލަގެޖާއި ޕާސްޕޯޓާއި ފައިސާ އަދި އަމިއްލަ އެހެނިހެން ތަކެތި ހިފައިގެންނެވެ. ދަތުރުމަތީގައި ސިއްހީ ކުއްލި ކަންތައްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ދަތުރުވެރިންނަށް ޓްރެވަލް އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭންތައް އޮންނަ ފަދައިން، ހައްޖާއި އުމްރާއަށް ދާ ހައްޖުވެރިންނާއި އުމްރާވެރީންނަށް ވެސް ދިމާވެދާނެ އެކި ކަހަލަ ހާލަތްތަކުން ރައްކާތެރިކޮށްދީ، މާލީ ގޮތުން ދިމާވެދާނެ ބުރައަކުން ފަސޭހަކޮށްދިނުމަށް ޕްލޭނުތައް ހުރެ އެވެ. އެގޮތުން އެލައިޑް އިސްލާމިކް ވިންޑޯގެ ހައްޖު އެންޑް އުމްރާ ތަކާފުލްއަކީ ހިޔާރުކުރަން ރަނގަޅު ޕްލޭނެކެވެ.

މީގެ ކުރިން އެލައިޑް އިސްލާމިކް ވިންޑޯގެ ހައްޖު އެންޑް އުމްރާ ތަކާފުލް ފޯރުކޮށްދެމުން އައި އަގަކީ ހައްޖު ކަވަރޭޖަށް 750ރ. އަދި އުމްރާ ތަކާފުލްއަށް 550ރ. އެވެ. ނަމަވެސް މިހާރު އެ ދެ ކަވަރޭޖުގެ އަގު ވެސް ކުރިއަށް ވުރެ އަތްފޯރާ ފަށަށް ގެނެސް، އެ ޕެކޭޖުގެ އަގަކީ އެންމެ 300ރ. އެވެ.

މިއާއެކު އެލައިޑް އިސްލާމިކް ވިންޑޯގެ މި ޕްލޭން ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެންމެ އަގުހެޔޮ، އަދި އެންމެ ފުޅާ ކަވަރޭޖު ފޯރުކޮށްދޭ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނަށެވެ.

އެ ޕްލޭނުގެ ދަށުން، މެޑިކަލް އަދި އެމަޖެންސީ ހަރަދުތަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް ހަރަދު ލިބެ އެވެ. އަދި ހައްޖު/އުމްރާ ދަތުރުމަތީގައި އުޅެނިކޮށް ދިމާވާ ކަމަކުން ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެއްޖެ ނަމަ، ނުވަތަ ނިޔާވެއްޖެ ނަމަ ވެސް އެއިން ކޮންމެ ހާލަތެއްގައި އެއް ލައްކަ ރުފިޔާގެ ކަވަރޭޖު ލިބޭނެ އެވެ.

ދަތުރަށް ފުރާއިރު ޗެކިންއަށް ދޫކޮށްލާ ބަގޭޖު، މަންޒިލު އެއާޕޯޓަށް އައުން ލަސްވެއްޖެ ނަމަ ދިމާވާ ދަތިތަކަށް ރިއާޔަތްކޮށް، ލަސްވާ ކޮންމެ 12 ގަޑިއިރަކަށް 800ރ. މަގުން 2،400 ރުފިޔާއާ ހަމައަށް ޕްލޭންގެ ދަށުން ބަދަލު ލިބެ އެވެ. އަދި ޗެކިން ބެގޭޖު ގެއްލިއްޖެ ނަމަ ބަދަލުގެ ގޮތުގައި 15،000ރ. އާ ހަމައަށް ބަދަލު ލިބޭނެ އެވެ.

މީގެއިތުރުން ކުރިމަތިވެދާނެ އެކި ހާލަތްތައް ލަފާކޮށް، އެލައިޑް އިސްލާމިކް ވިންޑޯގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނުން ޖުމްލަ ހަތަރުލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ކަވަރޭޖު ލިބޭނެ އެވެ.

އުމްރާ ނުވަތަ ހައްޖުގެ އަޅުކަމަކީ ކޮންމެ މުސްލިމެއްގެ ހަޔާތުގައި ވެސް ވަރަށް މުހިންމު ދަތުރެކެވެ. މުސްލިމެއްގެ ގޮތުގައި އަދާކުރަންޖެހޭ މަތިވެރި އަދި ބޮޑު ފަރުޟެއް އަދާކުރުމަށް ދާ ހިނދު، ދުނިޔަވީ އެއްވެސް ކަމަކާ ފިކުރުކުރުމަކާ ނުލައި އެ އަޅުކަން ފުރިހަމަކޮށްލަން ލިބުމުން ވަރަށް ވެސް ފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެ އެވެ.

އެގޮތުން އެލައިޑް އިސްލާމިކް ވިންޑޯގެ ޙައްޖު އެންޑް ޢުމްރާ ތަކާފުލްއިން ކަށަވަރުކޮށްދެނީ އެ ފަސޭހަކަމާއި ހިތްހަމަޖެހުމެވެ. އެލައިޑް އިސްލާމިކް ވިންޑޯގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭން، "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާ އެކު ނެގޭނެ އެވެ.