3 އޭޕްރީލް 2025 - 16:22 0
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓުތަކެއް: އެއާޕޯޓަށް އެންމެ ބާރު ބޮޑުވަނީ މެންދުރު ފަހުން ކަމަށް އެމްއޭސީއެލްއިން ބުނި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
3 އޭޕްރީލް 2025 - 16:22 0
އުމްރާވެރިންނާއި އީދު ޗުއްޓީ ނިންމާފައި އަންނަ މީހުންނާއި އަނބުރާ ރަށަށް ދާ މީހުންނާއެކީ ވެލާނާ އެއާޕޯޓަށް ބާރު ބޮޑުވާނެތީ، އެއާޕޯޓަށް ދާ މީހުންނާއި ވެހިކަލްތަކުން ސަމާލުވާން އެމްއޭސީއެލް އާއި ފުލުހުން އަންގައިފި އެވެ.
އެމްއޭސީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މާދަމައިން ފެށިގެން ހޯމަ ދުވަހާ ހަމައަށް ގިނަ އަދަދެއްގެ ފަސިންޖަރުން އެއާޕޯޓު ބޭނުންކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަމަށް ސަމާލުވެ، އެއާޕޯޓަށް ފުރަންދާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަންނަން އެ ކުންފުނިން ބާރުއަޅާފައިވެ އެވެ.
އެއާޕޯޓު އެންމެ ބާރު ބޮޑު ވާނެ ކަމަށް ލަފާކުރާ ގަޑިތައް
އޭގެ އިތުރުން އެމްއޭސީއެލް އާއި ފުލުހުން ވެސް ވަނީ މި ދުވަސްތަކުގެ ތެރޭގައި އެއާޕޯޓަށް ދަތުރުކުރާ ވެހިކަލްތަކުން، ހާއްސަކޮށް ޓެކްސީތަކުން އެއްބާރުލުމަށް އެދިފަ އެވެ. އަދި އެއާޕޯޓަށް ދަތުރުކުރާ ވެހިކަލްތަކުން ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment