2 އޭޕްރީލް 2025 - 18:18 0
ލީވާން އަލީ ނާސިރު
ހޮޅުދޫ ބޯޓު ކިޔާ ބޯޓުގައި އަލިފާން ރޯވެފައި -- ފޮޓޯ: އެމްއެންޑީއެފް
2 އޭޕްރީލް 2025 - 18:18 0
ތ. ހިރިލަންދޫއަށް ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ އޭގެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
އެ ބޯޓުން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުންދަނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25, ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ ރޯވި ބޯޓު ހިމެނޭ ސަރަހައްދުގައި ކައްދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި މުދާ އުފުލާ އެ ބޯޓު އެއްކޮށްހެން ވަނީ އަނދައި ހުލިވެފަ އެވެ.
މިހާތަނަށް އެ ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment