Advertisement

އައްޑޫ ސިޓީ އާރިކިޅި ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

2 އޭޕްރީލް 2025 - 11:25 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ސިޓީ އާރިކިޅި: މިތަނުން ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި -- ފޮޓޯ: އައްޑޫ ނޭޗާ ޕާކް


އައްޑޫ ސިޓީ އާރިކިޅި ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

2 އޭޕްރީލް 2025 - 11:25 1

އައްޑޫ ސިޓީ އާރިކިޅި ތެރެއިން މަރުވެފަައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އާރިކިޅި ތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ އިދާރާއަށް ރިޕޯޓުކުރީ ހެނދުނު 9:33 ހާއިރު ކަމަށެވެ.

އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައިވާ ބިދޭސީ މީހާގެ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން މިހާތަނަށް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.