Advertisement

މުސާރަ ކުޑަކޮށްފިނަމަ އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެ: ފަލާހު

2 އޭޕްރީލް 2025 - 06:36 8

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު: މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


މުސާރަ ކުޑަކޮށްފިނަމަ އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެ: ފަލާހު

2 އޭޕްރީލް 2025 - 06:36 8

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް، އިނާއަތްތައް ކަނޑާލަން ގޮވާލައި ސޮއިކުރަމުންދާ އޮންލައިން ޕެޓިޝަނާ ގުޅިގެން ފަލާހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިހާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ގޯސް ހިޔާލެއް ނޫން ކަމަށާއި ނަމަވެސް އޭނާ ދެކޭ ގޮތުގައި މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލު ގެނައުން އެންމެ ރަނގަޅު ވަގުތަކީ މަޖިލީހުގެ ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބަށް ކަމަށެވެ.

"އަލަށް 21 ވަނަ މަޖިލީހަށް މެމްބަރަކަށް 5،000 ރުފިޔާ ކަނޑައެޅީމަ އެ މުސާރަ އޯކޭ ވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާއިރު، އެ ލިސްޓަށް ކުރީގެ ރައީސުންގެ އިނާޔަތްތަކާ މެދު ވިސްނުމަށާއި، ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތް ވެސް ޕެޓިޝަންގައި ހިމަނަން ފެންނަ ކަމަށް ފަލާހު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި ސޮއިކުރަމުންދާ ޕެޓިޝަންގައި މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ހާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލައި، ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލަން ހިމަނާފައިވެ އެވެ.

މިހާރު އުސޫލު އޮތް ގޮތުން ކޮމިޓީ އެލަވަންސާއި އެނޫން އިނާޔަތްތަކާއެކު މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި ލިބޭނީ 82,500ރ. އެވެ. އޭގެ އިތުރުން މެންބަރުންނަށް ލިބޭނީ މެޑިކަލް އިންޝުއަރެންސެވެ.