30 މާރިޗު 2025 - 06:22 2
އަހުމަދު އާއިދު
މިއަދުގެ އީދު ނަމާދުގައި ބައިވެރިވި ޒުވާނުންތަކެއް : އީދު ނަމާދަށް ހާޒިރުނުވުމުން ހުޅުމާލެ މިސްކިތެއްގެ އިމާމުން ވަނީ ސަސްޕެންޑުކޮށްފަ --- ފޮޓޯ: އަތޫފް އާތިފް / އަދަދު
30 މާރިޗު 2025 - 06:22 2
މިއަދު ފާހަގަކުރަމުންދާ މި އަހަރުގެ ފިތުރު އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުނުވުމާ ގުޅިގެން ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އިމާމުވެ ނަމާދު ކުރަން ހަމަޖެއްސި މީހާ އާއި އޭނާގެ ބަދަލުގައި ހަމަޖެއްސި މީހާ ސަސްޕެންޑުކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މިނިސްޓްރީން ފިޔަވަޅު އެޅީ ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އީދު ނަމާކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ދެ މީހުންނަށް ކަމަށެވެ.
"އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެ މީހުން ވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުސޫލުގެ ތެރެއިން މައްސަލަ ބަލައިފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ،" ޝަހީމް ވިދާޅުވި އެވެ.
އެ މިސްކިތުގައި ބަދަލުގައި އިމާމުވެ އީދު ނަމާދުކުރަން ހަމަޖައްސާފައިވަނީ މިސްކިތުގެ އަސްލު އިމާމެވެ. އޭނާގެ މައްސަލަ ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިންވެސް ސަސްޕެންޑުކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އިމާމުން ހާޒިރުނުވުމުން އަޒީޒާ މިސްކިތުގައި މިއަދު އިމާމުވެ އީދު ނަމާދު ކުރީ ބޭރު މީހެއް ކަމަށް ސޯޝަލް މީޑިއާގައި ބަޔަކު ޕޯސްޓުކޮށްފައިވެ އެވެ. އޭނާ ހުތުބާ ކީ އަރަބި ބަހުން ކަމަށްވެސް ބައެއް ޕޯސްޓުތަކުގައި ލިޔެފައިވެ އެވެ.
މިއީ މި ފަހުގެ ތާރީހެއްގައި އީދު ނަމާދު ފަދަ ނަމާދަކަށް އިމާމުން ހާޒިރުނުވެގެން އެކަން ފެންމަތިވި ފުރަތަމަ ފަހަރެވެ.
16.67%
33.33%
33.33%
16.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޢަބްދުު
2 days ago
ވަރަށް ދީންވެރި ސަރުކާރަކޯ، މުޅި ރަށުތެރޭ މިއުޒިކް
ޒުއީމު
3 days ago
މިފަހަރު އިމާމް ސަސްޕެންޑް ކުރެއްވީ ސުޓޭތް މިނިސްޓަރ ލެވެލްގަ މުސާރަ އާއި އިނާޔަތް ލިބިވަޑައިގަންނަވާގޮތައްކަމަށްވަންޔާ ރަނގަޅުވާނެ އެއްވެސްމިސްކިތަކަށް އެރުންމަނާކުރިއްސް އަދި ރަނގަޅުވާނީ ފަސް އަހަރުގެ މުސާރައާއި އިނާޔަތް ގަނޑުކޮށް އެއްފަހަރާ ދެއްވާފަ ސަސްޕެންސަނުގަ ބެހެއްޓީމަ އާއްމުކޮށް މިސަރުކާރުގެ އަމަލޫ ހުންނަނީ އެގޮތަޢްތާ ދެއްތޯ
Comment