30 މާރިޗު 2025 - 02:15 0
މުހައްމަދު ޝަހްޒާން
މާލޭގެ މަގެއްގައި ބަޔަކު ވެހިކަލް ދުއްވާފައި ދަނީ. ފިތުރު އީދާ ގުޅިގެން މިއަދު ހަވީރު މާލެ، ހުޅުމާލެ، އަދި ވިލިނގިލީގައި އާންމު ބޭނުންތަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައި. -- ފޮޓޯ: އަދަދު
30 މާރިޗު 2025 - 02:15 0
ފިތުރު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު މާލޭ ސަރަހައްދުގައި އާންމު ބޭނުންތަކަށް ވެހިކަލް ދުއްވުން މަނާ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފައި ވަނިކޮށް، ވެހިކަލް ދުއްވުން މަނާ ވަގުތަކީ ހަވީރުން ފެށިގެން ރޭގަނޑު 23:30 އާ ހަމައަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނުގައި ވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަދު ފާހަގަކުރާ ފިތުރު އީދާ ގުޅިގެން ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
މި ވަގުތުތަކުގައި ވެހިކަލް ދުއްވޭނީ ހާއްސަ ހުއްދައެއް އޮވެގެންނެވެ. މަސައްކަތުގެ ގޮތުންނާއި ކުއްލި ހާލަތުގައި ދަތުރު ކުރަންޖެހޭ ފަރާތްތަކަށް ދޫކުރާ ހާއްސަ ސްޓިކާ އީދު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް ދޫކުރާނެ އެވެ.
މަނާ ވަގުތުގައި ވެހިކަލް ދުއްވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސިޓީ ކައުންސިލުން ދީފައިވެ އެވެ.
ސިޓީ ކައުންސިލްގެ މި އިއުލާނަށް ފަހު، ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައެޅުމުގެ އިތުރުން، ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކަމެއް ކަމަށެވެ.
އެ ވަގުތުގައި ދުއްވުމުގެ ހުއްދަ އޮންނާނީ ހަ ކެޓަގަރީއެއްގެ އުޅަނދުތަކަށެވެ. އެއީ
"މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ލައިސަންސް ހިފެހެއްޓުމާއި ބާތިލު ކުރުމުގެ އުސޫލެވެ. އަދި 68 މާއްދާގައި އޮތީ ގާނޫނުގައި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމަށެވެ.
60.00%
0.00%
40.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment