29 މާރިޗު 2025 - 14:49 0
ލީވާން އަލީ ނާސިރު
އެލައިޑުގެ އިފްތާރު ޕެކް ބެހުން: އިއްޔެ އިފްތާރު ޕެކް ބެހީ ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގައި -- ފޮޓޯ: އަދަދު
29 މާރިޗު 2025 - 14:49 0
މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން އެލައިޑް އިންޝުއަރެންސް އިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އެކި ދުވަސް މަތިން އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި އެވެ.
އެލައިޑުން އިފްތާރު ޕެކް ބެހި މިސްކިތްތަކުގެ ތެރޭގައި މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތް ހިމެނެ އެވެ.
އެލައިޑުގެ އިފްތާރު ޕެކް ބެހުން: އިއްޔެ އިފްތާރު ޕެކް ބެހީ ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގައި -- ފޮޓޯ: އަދަދު
އެލައިޑުން އިއްޔެ އިފްތާރު ޕެކް ބެހީ ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގަ އެވެ. އަދި މިއަދު އެ ކުންފުނިން އިފްތާރު ޕެކް ބެހުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭގެ މަސްޖިދު އަލް ބިއްރީގަ އެވެ.
މި އަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރުކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފަ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ވެސް އެލައިޑުން ތަފާތު އެކި ހަރަކާތްތައް ރާވައި ހިންގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment