Advertisement

އިންޑޮނީޝިއާގައި އައިފޯން 16 މަނާކުރުމަށް ފަހު ވިއްކުމުގެ ހުއްދަ އަލުން ދީފި

29 މާރިޗު 2025 - 11:36 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

އެޕަލް އަށް ފިޔަވަޅުއެޅީ އެއްބަސްވުމާ ޚިލާފުވުމުން ކަމަށް އިންޑޮނޭޝިއާއިން ބުނޭ ---


އިންޑޮނީޝިއާގައި އައިފޯން 16 މަނާކުރުމަށް ފަހު ވިއްކުމުގެ ހުއްދަ އަލުން ދީފި

29 މާރިޗު 2025 - 11:36 0

އިންޑޮނީޝިއާގައި އައިފޯން 16 ވިއްކުން މަނާކުރުމަށް ފަހު، އެޕަލްއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެއް ހުށަހެޅުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން އައިފޯން 16 ވިއްކުމުގެ ހުއްދަ ދީފި އެވެ.

އެޕަލްއިން ރަސްމީކޮށް އިއުލާނުކޮށްފައިވާ ގޮތުގައި އައިފޯން 16 އިންޑޮނީޝިއާގައި ވިއްކަން ފަށާނީ އޭޕްރިލް 11 ވަނަ ދުވަހުން ފެށިގެންނެެވެ.

އެޕަލްއިން ބުނެފައިވާ ގޮތުގައި އައިފޯން 16 ސީރީޒްއަށް އިންޑޮނީޝިއާގެ ޓެލެކޮމިއުނިކޭޝަންސް އިކުއިޕްމަންޓް ސެޓިފިކޭޝަން ލިބިފައި ވެއެވެ. މީގެ ކުރިން، އޮކްޓޯބަރު 2023 ގައި އިންޑޮނޭޝިއާ ސަރުކާރުން އައިފޯން 16 ވިއްކުން މަނާކުރީ، އެޕަލްއިން އެ ގައުމުގެ ޑޮމެސްޓިކް ކޮންޓެންޓް ރިކުއަޔަމަންޓް ފުރިހަމަ ނުކުރާތީ އެވެ.

އެޕަލްއިން މިހާރު އިންޑޮނީޝިއާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީން ކަނޑައަޅާފައިވާ 35 އިންސައްތައަށްވުރެ މަތިން، 40 އިންސައްތައިގެ ލޯކަލް ކޮމްޕޯނަންޓް ކޮންޓެންޓް ސެޓިފިކޭޝަން ހޯދާފައިވެއެވެ. މީގެ އިތުރުން، އިންޑޮނޭޝިއާ ސަރުކާރުގެ ޝަރުތުތަކާ އެއްގޮތަށް، އެޕަލްއިން އެ ޤައުމުގައި ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް ޤާއިމުކުރުމަށާއި، ލޯކަލް ޓެލެންޓުން ތަމްރީނުކުރުމަށް އެއްބަސްވެފައިވެއެވެ.

މި ފިޔަވަޅުތަކަކީ އިންޑޮނީޝިއާގެ ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށާއި، އެގައުމުގެ އިޤްތިޞާދަށް ފައިދާ ހޯދުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.

އެޕަލްގެ މި އިންވެސްޓްމަންޓާއެކު، އިންޑޮނީޝިއާގެ ސްމާޓްފޯން މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.