27 މާރިޗު 2025 - 15:17 4
ލީވާން އަލީ ނާސިރު
ރައީސް މައުމޫން (ކ) އަދި މައުމޫން ހަމީދު (ވ) - އާޓްވޯކް: އިސްމާއިލް އިމްދާދު
27 މާރިޗު 2025 - 15:17 4
ރޯދަ މަސް ނިމި ކުރިއަށް އޮތް ފިތުރު އީދަށް ހަނދު ފެންނާނެ ދުވަހާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޑރ. ހަސަން ހަމީދުގެ ހިޔާލު ތަފާތުވެއްޖެ އެވެ.
ރައީސް މައުމޫން ވޮއިސް ގައި ލިޔުއްވާފައިވާ ގޮތުން މާޗު 29، ގައި އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ.
"ސައޫދީ އަރަބިއްޔާ އާއި، މިސްރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި ހިނގާ މާޗު 29، ގައި އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ޑރ. ހަސަން ހަމީދުގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުން ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށެވެ.
އޭނާ ދިރާސާކުރި ވެބްސައިޓުން ދައްކާ ގޮތުގައި އައު ހަނދު އުފަންވާނީ މާޗު 29، ގެ މާލޭ ގަޑިން ހަވީރު 3:57 ގަ އެވެ. ހަނދު އޮއްސޭނެ ކަމަށް އެ ވެބްސައިޓުގައި ލިޔެފައި ވަނީ ހަވީރު 6:14 ގަ އެވެ. އެ ދުވަހު އިރުއޮއްސެނީ ވެސް 6:14 ގަ އެވެ.
"އާދެ! ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެއް. މި ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ. ނުފެންނާނެ އަނެއް ސަބަބަކީ ހަނދު އުފަންވުމާއި އޮއްސުމާއި ދެމެދު ވަނީ 2:17 (ދެ ގަޑި 17 މިނެއްޓު)، ކުރިން ދެންނެވިހެން ރާއްޖޭގައި ހަނދު ފެނުމަށް، އުފަންވުމާއި އޮއްސުމާ ދެމެދު 17 ގަޑިއިރު ވާން ޖެހޭނެ. ނުފެންނާނޭ އަނެއް ދަލީލަކީ ކަނާތް ފަރާތުގައިވާ ކޮލަމްގައި އޮއްސޭއިރު ހަނދުގެ އަލިކަން ހުންނާނެ ވަރަކީ %0.0 ކަމަށް ލިޔެފައިވާކަން،" އޭނާ ވިދާޅުވި އެވެ.
ހަސަން ހަމީދު އިތުރަށް ވިދާޅުވީ މުޅި އޭޝިއާގެ ބައްރަށް މާޗު 29، ގައި ހަނދެއް ނުފެންނާނެ އެވެ. ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހިސާބުތައް ފަސޭހައިން މައްކާ އަށް ވެސް ހެދިދާނެ. ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު. މިހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ. ފުރޭފުކުރެވިފައިވާ އެއްވެސް ލިޔުމެއްގައި ފެނިފައިވާ ކަމަކަށް ވެސް ނުވޭ. ވީމާ، ޖެހިގެން އަންނަ ދުވަސް (30 މާޗު) އީދަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ހަނދު ސާބިތު ކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހަމަތަކުގެ އަލީގައި މާޗު 30، އަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވާނެތީ، މާޗު 30، އަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަ ކަމަށެވެ.
އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢާލިމް ޢަބްދުލްޢަޒީޒް އިބްން ޢަބްދުﷲ އިބްން ބާޒްއާ ހަވާލާދީ ހަސަން ހަމީދު ވިދާޅުވީ މައްކާގައި ފެންނަ ހަނދަށް އެހެން ގައުމުތަކުގައި މީހުން ތަބާވާން ޖެހޭނެކަމަށް ބުނާ ބުނުމަށް ކީރިތި ގުރްއާން އަދި ހަދީސްގައި އެކަމަށް އެއްވެސް ދަލީލެއް ނުވާ ކަމަށެވެ.
"ރާއްޖޭގައި މިގޮތަށް އަމަލުކުރަން ފެށުނީ މައުމޫން ދައުރުން ފެށިގެން. އޭގެ ކުރިން އިސްލާމީ ދުނިޔޭގައި ވެސް 1300 ވަރަކަށް އަހަރު ވަންދެން ހަނދު ލައްވަނީ އެ ގައުމަކަށް ހަނދު ފެނުމުން. ދިވެހި ރާއްޖެ ސައުދީ އަރަބިއްޔާއަށް ވުރެ ދެ ގަޑިއިރު އިރުމަތީގައި އޮންނާތީ ސައުދީ އަރަބިއްޔާ އަށް ފެންނަ ޅަހަނދު، ރާއްޖެއަށް ފެނުމުގެ ފުރުސަތު ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިފަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް މާޗު 1، ކަނޑައެޅީ ހަނދު ނުފެނުނު ނަމަވެސް، ސައުދީ އަރަބިއްޔާއަށް ހަނދު ފެނުމުންނެވެ.
0.00%
33.33%
33.33%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބެއްޔާ
5 days ago
މިއޮތީ ބޮޑުތާ ޖެހިފަތާ. ބަލަ މިއީ ދެ ސޭވަރުން، މިމީހުން ބުނާ ބަހަށް ނުހެއްލޭތި.
މަސްމީރު ސިއްތި
6 days ago
ވެރިކަމުގަ ހުރިނަމަ ހަސަނު ޖަލަށް ދާންޖެހޭ ވަރުގެ އަމަލެއް ތިޔަ ކުރީ.
އަލިމަގު
6 days ago
ކަންތަކާ ޖެހުނީ ދޯ
ކުދުކަލޯ
6 days ago
އެހެންވީމަ ސައުދީއަރަބިޔާ މީހުނަށް ތަބާ ވަން ނަމާދު ގަޑިތައް ވެސް އެ ގައުމާ އެއްވަރުކޮށްލަންވީ ނޫންތަ؟ ރާއްޖެއަށް ވެސް މީގެ ކުރިން ހަނދު ފެނުމުން ރޯދަ ހިފަނީ ވެސް އަދީ އީދަށް ވަނީ ވެސް. އަހަރުމެނަށް ނުފެންނަ ހަނދަށް ހަމަ ރޯދަ ދޫކޮށްލާފަ އީދު މަޖާ ނަގަންވީތަ ދެން؟
Comment