about 1 hour 0
ލީވާން އަލީ ނާސިރު
މީގެކުރިން ބޭއްވި ކައުންސިލް އިންތިހާބުގެ ތެރެއިން: އެޕްރީލް 4، ގައި ބާއްވާ ކައުންސިލް އިންތިހާބުގެ މޮނިޓަރުންނަށްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު ފައިލް
about 1 hour 0
ސިޔާސީ ޕާޓީތަކުން އެދޭތީ ކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން އަނެއްކާ ވެސް އިތުރު ފުރުސަތެއް ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާން އިތުރު ފުރުސަތެއް ދިނީ މާޗު 14، ގެ ހެނދުނު 8:00 އިން ފެށިގެން މާޗު 15، ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 ގެ ނިޔަލަށް ކަމަށެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ މަސައްކަތް އޮބްޒާވް ކުރަން ސިޔާސީ ޕާޓީތަކަށާއި، ޖަމިއްޔާތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމިއްޔާއަކަށް އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސަންޓު އިތުރު ނުވާ ގޮތަކަށް ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
މީގެއިތުރުން ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މިއީ އިލެކްޝަނުން އޮބްޒާވަރުންނަށް އެދި ކުރިމަތިލާން ހުޅުވާލި ތިންވަނަ ފަހަރެވެ. ދެވަނަ ފަހަރަށް އިލެކްޝަނުން އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އެދި ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރީ މާޗު 3، އިން ފެށިގެން މާޗު 4، ގެ 15:00 ޖަހަންދެންނެވެ.
އިލެކްޝަނުން އެންމެ ފުރަތަމަ މޮނިޓަރުންނާއި އޮބްޒާވަރުންނަށް އެދި ކުރިމަތިލާން ހުޅުވާލީ ފެބްރުއަރީ 9، އިން ފެށިގެން ފެބްރުއަރީ 28، ގެ 15:00 ގެ ނިޔަލަށެވެ.
އޭޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.
ރިޔާސީ އިންތިހާބާއި އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިހާބުގައި ނަގާއިރު، އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment