26 މާރިޗު 2025 - 16:22 0
ލީވާން އަލީ ނާސިރު
އީދު ނަމާދު މާލޭ ބޮޑުޖަމާއަތުގައި ކުރުން: މިފަހަރު މާލެ ސިޓީގައި އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި -- ފޮޓޯ: އަދަދު ފައިލް
26 މާރިޗު 2025 - 16:22 0
މާލެ ސިޓީގައި މިފަހަރު ފިތުރު އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިފަހަރު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ޖަހާއިރު ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނީ މާފަންނު ސްޓޭޑިއަމުގައި ކަމަށްވާއިރު، ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ވިލިމާލެ ބޯލަދަނޑުގަ އެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ސިންތެޓިކް ޓްރެކްގައި ކަމަށްވާއިރު، ފޭސް 2 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.
ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދޫ ނަމާދުގެ ބޮޑު ޖަމއާއަތް ކެންސަލްވެއްޖެނަމަ، އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
Comment