ވާޓޮންގެން، 37 އަހަރުގައި ރިޓަޔާކުރަން ނިންމައިފި

26 މާރިޗު 2025 - 07:04 0


ވާޓޮންގެން، 37 އަހަރުގައި ރިޓަޔާކުރަން ނިންމައިފި

26 މާރިޗު 2025 - 07:04 0

ބްރުސެލްސް، ބެލްޖިއަމް (މާޗް 26) - މަޝްހޫރު ކްލަބްތަކަށް ކުޅުނު ބެލްޖިއަމްގެ ޑިފެންޑަރު، ޔެން ވާޓޮންގެން، އުމުރުން 37 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފި އެވެ.

މި ވަގުތު އަންޑަލެކްޓް އަށް ކުޅެމުން އަންނަ ވާޓޮންގެން އިއުލާނުކުރި ގޮތުގައި މިހާރު ކުރިއަށްދާ ސީޒަނަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު އަހަރު ކަމަށެވެ.

ބެލްޖިއަމް ގައުމީ ޓީމަށް 157 މެޗު ކުޅެދީ އެ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާ އެކު، މިދިޔަ އަހަރު ގައުމީ ޓީމުން ވާޓޮންގަން ވަނީ ރިޓަޔާކޮށްފަ އެވެ.

ކުުޅުން އެއްކޮށް ހުއްޓާލުމާ ބެހޭގޮތުން ވާޓޮންގެން ބުނީ، ޕްރޮފެޝަަނަލް ކެރިއަރު އެއްކޮށް ނިމުމަކަށް ގެންނަން ނިންމީ ފިޒިކަލީ ދުވަހުން ދުވަހަށް އުފުލަން ޖެހޭ ބުރަ ބޮޑުވުމުން ދެން ހަށިގަނޑަށް އެ ލޯޑު ނުދިނުމަށް ކަމަށެވެ.

"އަހަރެން ބޭނުންވާ ލެވަލަށް ނުކުޅެވޭނެތީ، އަަހަންނަށް ވެސް ސަޕޯޓަރުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ކެރިއަރު ނިންމާލުން،" ވާޓޮންގެން ބުންޏެވެ.

އެންޑަލެކްޓް ކެޕްޓަންކަން ކުރަމުން އަންނަ ވާޓޮންގެން، އެންމެ ފުރަތަމަ ފާހަގަވީ އަޔަކްސް އިންނެވެ. އޭނާ ކެރިއަރުގެ އެންމެ ބޮޑު ބައި ހޭދަކުރީ ޓޮޓެންހަމް ހޮޓްސްޕާސްގަ އެެވެ. އެ ޓީމަށް، 2012 އިން 2020 އަށް ކުޅުނު ވާޓޮންގެން ވަނީ ޕްރިމިއާ ލީގު، ސީޒަނުގެ އެންމެ މޮޅު ޓީމުގައި ދެ ފަހަރެއްގެ މަތިން ހިމެނިފަ އެވެ.

އަނިޔާއާ ހެދި ވާޓޮންގެން އަށް މި ސީޒަނުގައި ކުޅެވުނީ އަންޑަލެކްޓްގެ އެންމެ ފަސް މެޗުގަ އެވެ.