25 މާރިޗު 2025 - 17:37 4
އަހުމަދު އާއިދު
މިދިޔަ އަހަރުގެ ފިތުރު އީދަށް ބޮކި ދިއްލަން ފަށަން ސަރުކާރުން ބޭއްބި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް
25 މާރިޗު 2025 - 17:37 4
އީދަށް ޒީނަތްތެރި ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުގައި ގިޑިގެ އަޅައި، ބޮކިފަތިލާތީ އާންމުންގެ ފަރާތުން އަމާޒުވެފައިވާ ނުރުހުމަށް ބެލުމެއްނެތި އެކަން ފެށުމަށް ބޮޑު ހަފުލާއެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
މި ހަފުލާ ބާއްވަން ނިންމާފައިވަނީ މާޗު 29، ގެ ރޭ 9:45 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އީދަށް ދިއްލުމުގެ އަމަލީ މަސައްކަތްތައް ކުރާ ލޯކަލް ގަވަމެންޓް މިނިސްޓްރީން ދަނީ އެ ހަފުލާއަށް ސަރުކާރުގެ ވެރިންނަށާއި މުވައްޒަފުންނަށް ދައުވަތު ދެމުންނެވެ.
ސަރުކާރުން 28 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ މިކަމަށް ނުރުހުން އަމާޒުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލަ ހައްލު ނުކޮށް މިކަން ކުރާތީ އެވެ.
އެ ގޮތުން ހިޔާލު ފާޅުކުރި ބައެއް މީހުނެ ބުނެފައި ވަނީ އީދު ފާހަގަ ކުރުމުގެ ނަމުގައި ކުރާ ހަރަދަކީ ބޭކާރު ހަރަދެއް ކަމަށެވެ. އެ ފައިސާ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ބޭނުން ކުރުން މާ އައުލާކަން ބޮޑުކަމަށް އެ މީހުން ބުނެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލަ ހައްލު ނުކޮށް އެ ސިޓީގައި ބޮތިފަތި ދިއްލުމާ ދެކޮޅު ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވެސް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލު ކުރާނެ ކަމާއި އެކަމާމެދު ރައްޔިތުން ކަންބޮޑުނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި އެވެ.
ނަމަވެސް މި ރޯދަ މަހު އައްޑޫގައި ކަރަންޓު ކެނޑޭވަރު ގިނަވެ، ރައްޔިތުންނަށް އުނދަކުލަކަށް ވަނީ ވެފަ އެވެ.
އެކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ވެވަޑައިގެންނެވި ވައުދު ނުފުއްދަވައި، އީދަށް ބޮކި ދިއްލުމަކީ މާ މުހިންމު ވައުދެއް ކަމުގައި ބަލައި އެކަން ކުރުމަށް ސަރުކާރުން ބާރު އަޅަމުންދާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބަހައްޓާފައިވާ ޖަނަރޭޓަރު ސެޓުތަކަށް މައްސަލަ ދިމާވެ، އެކަން ހައްލު ނުކުރެވިގެން އެ ސިޓީގައި ކަރަންޓު ކެނޑެމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އައްޑޫ ބްރާންޗުން ކަރަންޓު އުފެއްދެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް 1000 ކިލޯވޮޓު މަދުން ކަމަށެވެ. އިއްޔެ ޖެނެރޭޓަރެއް ހަލާކުވެގެން ހުއްޓުމާއެކު، އައްޑޫއަށް 24 ގަޑިއިރު ކަރަންޓު ދޭން ބޭނުންވާ މިންވަރަށްވުރެ، އުފެއްދޭ މިންވަރު 2000 ކިލޯވޮޓު މަދުވާނެ އެވެ.
0.00%
33.33%
33.33%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުލޭ
3 days ago
ޢީދަށް ބޮކިދިއްްލަން ބާއްވާ ޙަފްލާއެއްތަ ނޫނީ ޢީދާ ގުޅިގެން ބާއްވާ ޙަފްލާއެއްތަ. ބޮކި ދިއްލަން ޙަފްލާއެއް ބާއްވަންޏާ އެ ހަފްލާގެ ކުރިން ބޮކި ނުދިއްލާނެ. ބޮޑަށް ވައްތަރީ ޢާންމު އުސޫލުން ރައްޔިތުންނަށް އޮޅުވާލުމަށް ލިޔެފައި އޮތް ލިޔުމެއްހެން. ރަނގަޅު ވާހަކައެއް ބުންޏަސް މިހާރު ގަބޫލުނުކުރެވޭ.
ގާފު
4 days ago
އަނެއްކާ އަނެއް މެގަ ޓާޝަރީ ޕޮރޮޖެކްޓު ފަށަނީދޯ
ާ.ޜަސހެެދ
4 days ago
ހަވާ އަރުވާތަ ؟
ޢަބްދުު
4 days ago
ބުރޯޑް ޑޭލައިޓް ވޭސްޓިން މަނީ
Comment