26 މާރިޗު 2025 - 11:07 0
ލީވާން އަލީ ނާސިރު
26 މާރިޗު 2025 - 11:07 0
ވިލާ ކޮލެޖުން އަންނަ މެއި އިންޓޭކަށް އާ ކޯސްތަކެއް ތައާރަފްކޮށް، އެ ކޯސްތަކާ ބެހޭ މައުލޫމާތުތައް ހާމަކޮށްފި އެވެ.
ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައާރަފުކުރި ކޯސްތަކަކީ ބެޗްލާ އޮފް ސައިންސް އިން ސޮފްޓްވެއާ އިންޖިނިއަރިން، ބެޗްލާ އޮފް ސައިންސް އިން ނެޓްވޯކިން، ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީ، މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް އަދި ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ އެވެ.
ކޯސްތަކަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީހަކީ އޭޕްރިލް 19، ކަމަށާއި ޕްރޮގްރާމްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ސޮފްޓްވެއާ އިންޖިނިއަރިން ދާއިރާއިން ބެޗްލާ އޮފް ސައިންސް ޕްރޮގްރާމަކީ މިހާރު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރަމުންދާ އަދި މުސްތަގުބަލުގައި ސޮފްޓްވެއާ ތައްޔާރުކުރުމުގެ ދާއިރާގައި ކެރިއާއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް އެމްއެންކިއުއޭ ލެވެލް 7 ގެ ޕްރޮގްރާމަކީ ސޮފްޓްވެއާ ތައްޔާރުކުރުމާއި، މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމާއި، އަދި ވެބް ޑިޒައިނިން ދާއިރާގެ ތަފާތު ސެކްޓާތަކާއި މުއައްސަސާތަކުގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަށީގެންވާ ޕްރޮގްރާމެކެވެ.
އަދި އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ފަސޭހައަށްޓަކައި، ފޭސް ޓު ފޭސް ނުވަތަ އީ-ލާރނިން މޯޑުން ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު ދެވިފައިވެ އެވެ.
ބެޗްލަރ އޮފް ސައިންސް އިން ނެޓްވޯކިންގް ްޕރޮގްރާމަކީ ދަރިވަރުންނަށް ނެޓްވޯކިންގ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުން ދަރިވަރުންގެ ޓެކްނިކަލް ހުނަރުތަކާއި ނެޓްވަރކިންގ އަދި އޭގެ އަމަލީ މަސައްކަތްތަކުގައި ޕްރޮފެޝަނަލް ކޮމްިޕޓެންސީތައް ތަރައްގީކުރެއެވެ.
މިކޯހުގައި ކިޔަވައިދޭނީ ސިސްކޯގެ ޕެކެޓް ޓްރޭސިން ޓޫލް ބޭނުން ކޮއްގެންނެވެ. ޕެކެޓް ޓްރޭސާ އަކީ ސެޓިފިކޭޝަން އިމްތިހާނުތަކަށް ތައްޔާރުވުމަށް، ހާއްސަކޮށް ސީސީއެންއޭ (CCNA) ދަރިވަރުންނަށް ހިލޭ ބޭނުންކުރެވޭ ނެޓްވޯކް ސިމިއުލޭޓާ އެކެވެ. މިއީވެސް ތިން އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްއެންކިއުއޭ ލެވެލް 7 ގެ ޕްރޮގްރާމެކެވެ.
އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ފަސޭހައަށްޓަކައި، ފޭސް-ޓު-ފޭސް ނުވަތަ އީ-ލާނިން މޯޑުން ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ދެވިފައިވެ އެވެ.
ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީ ޕްރޮގްރާމަކީ ދަރިވަރުންނަށް ނެޓްވޯކް ސެކިއުރިޓީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. އެ ކޯހުގައި ނެޓްވޯކިންގެ ނަޒަރިއްޔާތުތަކާއި ޓެކްނިކަލް ހުނަރުތައް އެއްކޮށްލައިގެން، ފެންވަރު ރަނގަޅު ނެޓްވަރކް ހައްލުތައް ތަރައްގީކޮށް ބެލެހެއްޓުމަށް ދަސްކޮށްދެ އެވެ.
މީގެ އިތުރުން ސިސްކޯ ޕެކެޓް ޓްރޭސާ ޓޫލް ބޭނުންކޮށްގެން އަމަލީ ތަމްރީނު ދެވެ އެވެ. އެ ކޯހުގައި ކިޔަވައިދޭނީ ސިސްކޯގެ ޕެކެޓް ޓްރޭސިން ޓޫލް ބޭނުން ކޮއްގެންނެވެ. ކޯހަކީ ނެޓްވޯކް އަދި ނެޓްވޯކް ސެކިއުރިޓީގެ ދާއިރާއިން ފެންވަރު ރަނގަޅު ގްރެޖުއޭޓުންނަށް ރާއްޖެއާއި ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ކޯހެކެވެ.
މިއީ ތިން އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްއެންކިއުއޭ ލެވެލް 7 ގެ ްޕރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ފަސޭހައަށްޓަކައި، ފޭސް-ޓު-ފޭސް ނުވަތަ އީ-ލާނިން މޯޑުން ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު ދެވިފައިވެ އެވެ.
މި ތިން ޕްރޮގްރާމަކީ އެސޯސިއޭޝަން ފޯ ކޮމްޕިއުޓިން މެޝިނަރީ (އޭސީއެމް) ގެ ކަރިކިއުލަމް، އައީއީއީ ކޮމްިޕއުޓިން ސޮސައިޓީގެ ކޮމްިޕއުޓާ ސައިންސް ކަރިކިއުލަމް އަދި ޔޫކޭގެ ޕްރޮފެޝަނަލް ބޮޑީއެއް ކަމުގައިވާ ބްރިޓިޝް ކޮމްިޕއުޓިން ސޮސައިޓީގެ ކޮމްިޕއުޓިން ކަރިކިއުލަމް އާއި އަޅާކިޔާފައިވާ ޕްރޮގްރާމްތަކެކެވެ. މީގެ އިތުރުން މި މޮޑިއުލްތައް ވަނީ ހުވާވޭ އެކަޑަމީގެ ކޯސްތަކާވެސް ގުޅުވާލެވިފަ އެވެ.
ސްކޫލް އޮފް ސައިކޮލޮޖީ އެންޑް ކައުންސިލިން އިން އޮފަރ ކުރާ މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ދަރިވަރުންނަށް އޯގަނައިޒޭޝަނަލް/އިންޑަސްޓްރިއަލް ސައިކޮލޮޖީގެ އުސޫލުތައް އެޕްލައިކޮށް، މަސައްކަތުގެ މާހައުލުގެ އުފެއްދުންތެރިކަމާއި ހަރުދަނާކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ހިއުމަން ރިސޯސަސްގެ ދާއިރާގެ މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އޮފީސްތަކުގައި މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގާ ފަރާތްތަކަށް ބޭނުންތެރި ކޯހެކެވެ. އަދި މި ކޯސް ނިންމާ ދަރިވަރުން، އިންޑަސްޓްރިއަލް އަދި އޯގަނައިޒޭޝަނަލް ސައިކޮލޮޖީއާ ގުޅުންހުރި ވަޒީފާތަކަށް ފުރުސަތު ފަހިވެގެންދާނެ އެވެ.
މީގެ އިތުރުން، މި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް "ސޮސައިޓީ ފޯ އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ" ގެ މެމްބާޝިޕް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްއެންކިއުއޭ ލެވެލް 9 ގެ ޕްރޮގްރާމެކެވެ.
ވިލާ ކޮލެޖުގައި ހިންގާ މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ފޭސް-ޓު-ފޭސް ނުވަތަ އީ-ލާނިން މޯޑް މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދިޔުމަށް އިހްތިޔާރުކުރެވޭނެ އެވެ.
ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ ކޯސް ތައާރަފްކޮށްފައި މިވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރި ޓީ (MNSDA) އާއި ގުޅިގެން، ފްލެބޮޓޮމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.
މިއީ ފްލެބޮޓޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ މައުލޫމާތާއި، އަމަލީ ހުނަރުތަކާއި، އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ގައިޑްލައިންތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިއްބައިދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ކޯހަކީ 17 ހަފްތާގެ މުއްދަތަށް، ފޭސް-ޓު-ފޭސްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އެމްއެންކިއުއެފް ލެވެލް 3 ގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ކަލިނަރީ ސައިންސް ދަސްކޮށް، އަމަލީ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކުރެވިފައިވާ އެއް ޕްރޮގްރާމެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ރާއްޖޭގައި ހިންގާ ހަމައެކަނި ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް ްޕރޮގްރާމް ކަމުގައިވާއިރު، ފުރަތަމަ ދުވަހުން ފެށިގެން ޕްރޮފެޝަނަލް ކިޗަންއެއްގައި އަމަލީ މަސައްކަތްކުރުމުގެ ފުރުސަތާއެކު، ތިއަރީއާއެކު އަމަލީ ހުނަރު ތަރައްޤީ ކުރުމަށް އިސްކަންދެވެ އެވެ.
މި ކޯހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކުލިނަރީ އުކުޅުތަކުގެ އިތުރުން ދިވެހި ކެއުމުގެ ވައްޓަފާޅިއާއި ސަގާފީ ބައިތައް ހިމެނިގެން ރާއްޖޭގައި ހިންގާ ހަމައެކަނި ރަސްމީ ކަލިނަރީ ޕްރޮގްރާމް ކަމުގައިވާއިރު، ދަރިވަރުންނަށް ޕްރޮފެޝަނަލް ކިޗަންތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބި، ވަޒީފާގެ މާހައުލުގެ ތަޖުރިބާ ހޯދުމާއެކު، ކޯސް ފުރިހަމަކުރުމަށްފަހު ވަޒީފާ ލިބުމުގެ މަގުފަހިވެގެންދެ އެވެ.
ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއެކު ތައްޔާރު ކޮށްފައިވާ މި ކަރިކިއުލަމްގެ ސަބަބުން، ދަރިވަރުންނަށް ޒަމާނީ އަދި ވަޒީފާގެ މާހައުލަށް ބޭނުންވާ ހުނަރުތައް ދަސްވެގެންދާނެ އެވެ.
Comment