އެމްއައިބީގެ ރޯދަ ކެޗާ ޗެލެންޖް ވަރަށް ތަފާތު

25 މާރިޗު 2025 - 05:31 0

ލީވާން އަލީ ނާސިރު

ލ


އެމްއައިބީގެ ރޯދަ ކެޗާ ޗެލެންޖް ވަރަށް ތަފާތު

25 މާރިޗު 2025 - 05:31 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބިންގާ އެކައުންޓު ހުޅުވާފައިވާ ކުޑަކުދިންނަށް އެ ބޭންކުގެ ފަރާތުން ވަނީ "ރޯދަ ކެޗާ" ގެ ނަމުގައި ޗެލެންޖެއް ހުޅުވާލައިފި އެވެ.

ރޯދަ ކެޗާގެ މައިގަނޑު މަގްސަދަކީ ކުޑަކުދިން އެކުވެރި ވާދަވެރި މާހައުލެއްގައި ރޯދަ ހިފައި އަދި ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް ޕްރޮޑަކްޓިވް އަދި ހެޔޮ އަމަލުތަކަކުން ފުރިގެންވާ ދުވަހަކަށް ހެދުމެވެ.

އެ ޗެލެންޖުގައި ބިންގާއެކައުންޓު ގެންގުޅޭ ކުދިން ބޭންކުގެ ވެބްސައިޓަށް ޒިޔާރާތްކޮށް ބިންގާ ޕޯޓަލަށް ލޮގިންކުރުމަށް ފަހު، ކޮންމެ ދުވަހަކު ވެސް އެ ދުވަހަކަށް ކަނޑައެޅިފައި ހުންނަ ޗެލެންޖްތައް ފުރިހަމަ ކުރެވޭނެ އެވެ. މި ޗެލެންޖުގައި ހާސިލުވަމުންދާ މިންވަރު ޑޭޝްބޯޑުން ފެނިގެންދާނެ އެވެ.

އެމްއައިބީން ބުނީ އެއީ ކުދީންގެ ކިބައިގައި މުސްތަގުބަލަށް ބޭނުންވާ ރޫހާނީ، ޖިސްމާނީ، އިޖްތިމާއީ، އަދި އެ ނޫންވެސް އިތުރު ދާއިރާތަކުން ރަނގަޅު އާދަތައް އުފެއްދުމަށް ބޭންކުން ހުޅުވާލި ޗެލެންޖެކެވެ.

އެމްއައީބީގެ "ބިންގާ" އެކައުންޓަކީ ކުޑަ ކުދިންގެ ބޭންކިންގްއަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. އެ އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓެއް ހުޅުވާނެ އެވެ. އެއީ "ބިންގާ ޓްރާންސެކްޝަން" އެކައުންޓަކާއި "ބިންގާ ސޭވިން އެކައުންޓް" އަދި "ބިންގާ އިންވެސްޓް" އެކައުންޓެވެ.

"ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް އެކުދިން ހަދައިދޭނެ އެކައުންޓެކެވެ. ކުދިންގެ އުމުރުން ހަތް އަހަރު ފުރުމުން ބެލެނިވެރިން ކަނޑައަޅާ ކޮންޓްރޯލުތަކުގެ ތެރޭގައި ބޭނުންކުރުމަށް ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިން އަށް "ބިންގާ ޓްރާންސެކްޝަން" މެދުވެރިކޮށް އެކްސެސް ލިބޭނެ އެވެ.

"ބިންގާ ސޭވިން" އެކައުންޓަކީ ފަހަށް ފައިސާ ރައްކާ ކުރުމުގެ އާދަ އަށަގަންނުވަން ވަރަށް އެކަށޭނެ އެކައުންޓެއް ކަމަށް އެމްއައިބީ އިން ބުންޏެވެ. އެއީ ކުރުމުއްދަތަކަށް ފައިސާ ރައްކާ ކުރުމަށް ހާއްސަ އެކައުންޓެކެވެ.

"ބިންގާ އިންވެސްޓްމަންޓް" އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުން ފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެ އެވެ.

މި އީޖާދީ ބަދަލާ އެކު، ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.