ގައުމީ ކްރިކެޓް ޓީމުތަކުގެ ސްޕޮންސަރަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް

20 މާރިޗު 2025 - 08:44 0


ގައުމީ ކްރިކެޓް ޓީމުތަކުގެ ސްޕޮންސަރަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް

20 މާރިޗު 2025 - 08:44 0

ގައުމީ ކްރިކެޓް ޓީމުތަކުގެ ޖޯޒީ ސްޕޮންސަރަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މި ހެދި އެއްބަސް ވުމުގެ ދަށުން، އެމްއައިބީން އެއް އަހަރު ދުވަހު ގެ މުއްދަތަކަށް ސީނިއާ ގައުމީ ޓީމާއި އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކުގެ ޖާޒީ އަދި ދިވެހި އަމްޕަޔަރުންގެ ކިޓް ސްޕޮންސަރު ކުރާ ގޮތަށްވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގައި އެމްއައިބީ ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/އެމްޑީ މުފާއްދަލް އިދުރިސް ކުމްރީ އެވެ. އަދި، ކްރިކެޓް ބޯޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އެވެ.

ކްރިކެޓް ބޯޑުން ވަނީ، ރާއްޖޭގެ ކްރިކެޓަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކަށް ޝުކުރުއަދާކޮށްފަ އެވެ. އަދި، މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު މި ގާއިމްކުރެވުނު އެއްބަސްވުމުގެ ތެރެއިން ދެ ފަރާތަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ކްރިކެޓް ބޯޑަށް ބޭނުންވާ ޖާޒީ އާއި އެޓަޔާ ހޯދުމުގެ ގޮތުން އިންޑިއާ ގެ ޓީ10 ސްޕޯޓްސްއާ އެކު ވެސް ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.