Advertisement

ރޯދަ މަހުގެ ފަހު 10 ގައި އެމްއައިބީގެ ބިޒްނަސް ސެންޓަރުގެ ހިދުމަތް ކޮންމެ ދުވަހަކު ލިބޭނެ

Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކް: ރޯދަ މަހުގެ ފަހު 10 ގައި އެ ބޭންކުގެ ބިޒްނަސް ސެންޓަރުގެ ހިދުމަތް ކޮންމެ ދުވަހަކު ލިބޭނެ ކަމަށް ބުނޭ -- ފޮޓޯ: އަދަދު ފައިލް


ރޯދަ މަހުގެ ފަހު 10 ގައި އެމްއައިބީގެ ބިޒްނަސް ސެންޓަރުގެ ހިދުމަތް ކޮންމެ ދުވަހަކު ލިބޭނެ

Advertisement

ރޯދަ މަހުގެ ފަހު 10ގެ ބަންދުގައި އެމްއަބީގެ ބިޒްނަސް ސެންޓަރު (އެބޭންކުގެ ހެޑް އޮފީސް) އިން ހުކުރު ހޮނިހިރު ފިޔަވައި ހުރިހާ ދުވަަހަކު ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ދުވަސްތަކުގައި އެމްއައިބީގެ ހިދުމަތް ލިބޭނީ ހެނދުނު 11:30 އިން 14:00 އަށް ކަމަށްވާއިރު، މާޗު 20، 27 އަދި 29 ގައި ބޭންކުގެ ހިދުމަތް ހެނދުނު 9:30 އިން 14:00 ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

Advertisement

އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކަށް ގިނަ ހިދުމަތްތަކެއް ލިބޭއިރު އެ ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަ ޖަމާކުރެވެ އެވެ.

އެގޮތުން މުސާރަ ކޯޑުގައި މި ގޮތަށް މުސާރަ ޖަމާކުރާކަށް ބޭންކަށް އެއްވެސް ޑޮކިއުމެންޓެއް ފޮނުވާކަށް ނުޖެހެ އެވެ. އަދި ކަސްޓަމަރު އަމިއްލައަށް މުސާރަ ކޯޑުގައި މުސާރަ ޖަމާކުރެވެ އެވެ.

ފަހު 10 ގައި އެމްއައިބީގެ އެންމެ މަގްބޫލު އެއް ހިދުމަތް ކަމަށްވާ އުޖާލާ ދިރިއުޅުން ފެސިލިޓީގެ ހިދުމަތް މެދު ނުކެނޑި ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

Advertisement

މީގެއިތުރުން އިންޓަނެޓް ބޭންކިން އިން ފަސޭހަ ކަމާއިއެކު ޓީޓީ ކުރެވި، ރައްކާތެރި ކަމާއި އެކު ފައިސާގެ މުއާމަލާތް ކުރެވޭ އިރު މިހާރު އެ ބޭންކުގެ ފައިސާ މޮބައިލް އެކްސް މެދުވެރިކޮށް ޓްރާންސެކްޝަން އެޕްރޫވް ކުރުމާއި އަމިއްލަ އެކައުންޓާއި ވިޔަފާރި އެކައުންޓުތަކާއި ދެމެދު އެކައުންޓް ސްވިޗް ކުރުނަ ފަދަ ކަންކަން ފަސޭހަކަމާއިއެކު ކުރެވެ އެވެ.

ބޭންކިންގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭން ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކީ އިސްލާމިކް ބޭންކެވެ. ރާއްޖޭގޭ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކަކީ އެބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ރައްކާތެރިކަމާއިމެދު ދިވެހިންގެ އިތުބާރު ލިބިފައިވާ ބޭންކެކެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސާމަރާ

about 18 hours ago

100. ޓިބޭންކަށް ބަދަލުވާންވީތާ ކިތައްމެ ދުވަހެއް