މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" އަށް ދިރާގުގެ އެހީ

23 މާރިޗު 2025 - 10:59 0

ލީވާން އަލީ ނާސިރު

ލ


މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" އަށް ދިރާގުގެ އެހީ

23 މާރިޗު 2025 - 10:59 0

މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" އަށް އެހީވެއްޖެ އެވެ.

ދިރާގުގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ ދަށުން މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހީތެރިކަން ފޯރުކޮށްދޭ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް) ގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން، ދިރާގުން ވަނީ ރޯދަމަހަށް ހާއްސަކޮށް މަމްސް އެއިޑް އިން ކުރިއަށް ގެންދިޔަ "ރަމަޟާން އެއިޑް" އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ރޯދަމަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.

"ރަމަޟާން އެއިޑް" އަދި "ބެކް ޓު ސްކޫލް" ގެ ދަށުން ދިރާގުން ވަނީ 140 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މަމްސް އެއިޑްއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.

މަމްސް އެއިޑާ އެކު ދިރާގުން ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ މަގްސަދަކީ، މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ.