Advertisement

ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ 1 ރުފިޔާއަށް މެލްޓްޒްގެ ވަފްލްއެއް!

about 9 hours 0


ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ 1 ރުފިޔާއަށް މެލްޓްޒްގެ ވަފްލްއެއް!

about 9 hours 0

ދިރާގު ފިންޓެކްގެ ދަށުން ހިންގާ "ދިރާގުޕޭ" އިން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި، އެންމެ ރުފިޔާއަކަށް ވަފްލް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.

މި ހާއްސަ އޮފާ ކުރިއަށް ދާނީ މެލްޓްޒްގެ ތިން ކެފޭއެއް ކަމަށްވާ މެލްޓްޒް ކެފޭ، މެލްޓްޒް ކެރެމަލް، އަދި މެލްޓްޒް ކްރަމްބަލްގައެވެ.

މި ޕްރޮމޯޝަން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 20، 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެންނެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި އޮފާ ލިބިގެންދާނީ އެންމެ ފުރަތަމަ ވަޑައިގަންނަވާ 500 ކަސްޓަމަރުންނަށެވެ.

ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށާއި، އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް ވެސް ދިރާގުޕޭ އެޕްލިކޭޝަން މެދުވެރިކޮށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ދިރާގުން މީގެ ކުރިން ވެސް ވަނީ އެކި މާޗަންޓުންނާ ގުޅިގެން 1 ރުފިޔާއަށް ކޮފީ އަދި ޝަވަރުމާ ފަދަ ތަކެތި ލިބޭ ޕްރޮމޯޝަންތައް ހިންގާފައެވެ. އެ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެކެވެ.

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް ފައިސާގެ މުއާމަލާތްތަކަށް އާންމުން އަހުލުވެރިކުރުވުމެވެ. ދިރާގުގެ އަމާޒަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދޭނެ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.