ތެލެސީމިއާ ޕޭޝަންޓުންނަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭން ޖެހޭ، ފަރުވާ ކުޑަކުރުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް: ފައްޔާޒު

23 މާރިޗު 2025 - 09:16 1

ލީވާން އަލީ ނާސިރު

ލ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ތެލެސީމިއާ ޕޭޝަންޓުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތެލެސީމިއާ ޕޭޝަންޓުންނަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭން ޖެހޭ، ފަރުވާ ކުޑަކުރުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް: ފައްޔާޒު

23 މާރިޗު 2025 - 09:16 1

ތެލެސީމިއާ ޕޭޝަންޓުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނާ މެދު މިހާ ބޮޑަށް ފަރުވާ ކުޑަކުރުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށެވެ.

"ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ބަލަހައްޓަން ޖެހޭ ކަމެއް ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ބޮއްސުންލައި ގޮސް އެތައް ފުރާނައެއް ނުރައްކަލަށް ހުށަހެޅުމަކީ ޒިންމާ ސަރުކާރުން ނަގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ފައްޔާޒް ވިދާޅުވީ ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ތަކުރާރު ނުވާނެފަދަ ގޮތަކަށް ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށެވެ.

ތެލެސީމިއާ ޕޭޝަންޓުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ރޭ މުޒާހަރާއެއް ވަނީ ބާއްވާފަ އެވެ.

އެ މުޒާހަރާގައި ބައިވެރިން ގޮވައިލަމުން ދިޔައީ ތެލެސީމިއާ ސެންޓަރުގެ ވެރިން އިސްތިއުފާ ދިނުމަށާއި ފިލްޓަރުތައް ހަލާކުވުމުން ލޭ އުކާލަން ޖެހުމުގެ އިތުރުން ބޭސް ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމުންނެވެ.

ތެލެސީމިއާ ޕޭޝަންޓުންގެ ކަންބޮޑުވުންތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހާލަތު ބަލާފައިވެ އެވެ.