23 މާރިޗު 2025 - 04:30 0
23 މާރިޗު 2025 - 04:30 0
ލިޒްބަން، ޕޯޗުގަލް (މާޗް 23) - ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަަމަ ލެގުގައި ޕޯޗުގަލް އަތުން 1-0 އިން ޑެންމާކް މޮޅުވި މެޗުގެ ގޯލު ޖެހި އެ ޓީމުގެ ރަސްމުސް ހޮއިލުންޑް އުފާފާޅުކުރިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލު ސެލެބްރޭޝަން ކޮޕީކުރުމަކީ މައްސަލައެއް ގޮތުގައި ނުދެކޭ ކަމަށް ރޮނާލްޑޯ ބުނެފި އެވެ.
މި ސެލެބްރޭޝަންގެ ވާހަކަ މީޑިއާގައި އެކި ގޮތްގޮތަށް ދެކެވުނެވެ.
ހޮއިލުންޑް ވަނީ އެ މެޗަށް ފަހު ވެސް އެއީ ރޮނާލްޑޯ އަށް އިހުތިރާމްކުޑަކުރަން ކުރި ކަމެއް ނޫން ކަމަށް މީޑިއާގައި ބުނެފަ އެވެ. އަދި، ފުޓްބޯޅައިގައި ރޮނާލްޑޯ އަކީ އަބަދުވެސް އެންމެ ސަޕޯޓްކުރާނެ އެކަކު ކަމުގައި ހޮއިލުނޑް ވަނީ ބުނެފަ އެވެ.
މި ކަމާ ގުޅޭގޮތުން ސުވާލުކުރުމުން، ރޮނާލްޑޯ، 40، ބުނީ އޭނާގެ ގޯލު ސެލެބްރޭޝަން ހެދުމަކީ މުޅި ދުނިޔެއިން ވެސް ހަމައެކަނި ހޮއިލުންޑް ކުރާ ކަމެއް ނޫން ކަމަށާއި އޭނާ އެކަން ކުރީ އިހުތިރާމް ކުޑަ ކުރުމަށް ނޫން ކަމަށެވެ.
"އަަހަންނަކީ އެ ކަހަލަ ކަންކަން ގޯސްކޮށް ވިސްނުމަށް ވުރެން ސްމާޓް މީހެއް. ހަގީގަތުގައި މީހުން އެ ސެލެބްރޭޝަން ހެދުމަކީ އަހަންނަށް ފަހުރެއް. އުންމީދަކީ، ދެން އޮތް މެޗުގައި އޭނަ (ހޮއިލުންޑް) ކުރިމަތީގައި އަހަރެން އެ ސެލެބްރޭޝަން ހެދުން،" އާދިއްތަ ދުވަަހުގެރޭ ކުޅޭ ކުއާޓާ ފައިނަލް ދެ ވަނަ ލެގަށް އިޝާރާތްކޮށް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ ދެ ވަނަ ލެގުގައި ޑެންމާކް ކައިރިން ނަތީޖާ އަނބުރާލެވޭނެ ކަމަށް ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment