23 މާރިޗު 2025 - 08:16 0
އަހުމަދު ދާއޫދު
ޓިކްޓޮކްގެ މުސްތަޤުބަލު އޮތީ ސުވާލުމާކެއްގެ ތެރޭގައި --
23 މާރިޗު 2025 - 08:16 0
ޓިކްޓޮކް ހުއްޓުނަ ނުދީ އެމެރިކާގައި ދެމެހެއްޓުމަށް އައު ޕްލޭނެއް އެކުލަވާލައިފި އެވެ.
ޓިކްޓޮކްގެ މުސްތަގުބަލާ ގުޅޭ ގޮތުން ވައިޓް ހައުސްގެ އިސްނެގުމުގެ ދަށުން ކުރިއަށްދާ މަޝްވަރާތަކުގައި، އެޕްލިކޭޝަންގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް ބައިޓްޑާންސްގެ ޗައިނީސް ނޫން އިންވެސްޓަރުންގެ ހިއްސާ އިތުރުކުރުމަށް އެ ޕްލޭންގައި ވަނީ ކަނޑައަޅާފަ އެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައުލޫމާތު ހާމަކުރި ދެ މަސްދަރެއްގެ ބުނުމުގައި، މި ޕްލޭންގެ ދަށުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކަށް ވަކި ވިޔަފާރިއެއް އުފައްދައި، އެމެރިކާގެ ގާނޫނުގައި ކަނޑައަޅާފައިވާ 20 ޕަސެންޓަށްވުރެ ދަށަށް ޗައިނާގެ ވިޔަފާރިވެރިންގެ މިލްކުވެރިކަން ތިރިކުރުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން އެމެރިކާގައި ޓިކްޓޮކް ބަންދުކުރުމުގެ ނުރައްކަލުން ސަލާމަތްވެވޭނެ އެވެ.
ބައިޓްޑާންސްގެ ބޯޑުގައި ތަމްސީލުކުރާކުރާ ޖެފް ޔާސްގެ ސުސްކުއެހާނާ އިންޓަނޭޝަނަލް ގްރޫޕް އަދި ބިލް ފޯޑްގެ ޖެނެރަލް އެޓްލާންޓިކްއިން މި ޕްލޭނާ ގުޅޭ ގޮތުން ވައިޓް ހައުސްއާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަމަށް މަސްދަރުތަކުން ބުނެފައިވެ އެވެ.
މީގެ އިތުރުން ޕްރައިވެޓް އިކުއިޓީ ފާމް ކޭކޭއާރްވެސް މި މަޝްވަރާތަކުގައި ބައިވެރިވާކަމަށް އެއް މަސްދަރު ހާމަކޮށްފައިވެއެވެ.
އެމެރިކާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ބޭނުންކުރާ މި ކުރު ވީޑިއޯ އެޕްލިކޭޝަންގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައިވަނީ 19 ޖަނަވަރީގައި ތަންފީޒުކުރަން ފެށި ގާނޫނެއްގެ ދަށުން ބައިޓްޑާންސްއަށް ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ބަންދުކުރުމަށް އަންގާފައިވާތީ އެވެ.
މި ގާނޫނު ފާސްކޮށްފައިވަނީ ޓިކްޓޮކްގެ މިލްކުވެރިކަމުގެ ސަބަބުން ޗައިނާގެ ސަރުކާރަށް ބޯލަނބަންޖެހޭ ކަމަށާއި، އެމެރިކާއަށް އަމާޒުކޮށް ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް އެޕްލިކޭޝަން ބޭނުންކުރެވިދާނެކަމުގެ ކަންބޮޑުވުން ވޮޝިންގްޓަންގައި އޮތުމާ ގުޅިގެންނެވެ.
ނަމަވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެފައިވަނީ މި ބަންދުކުރުމަކީ އެމެރިކާގެ ގާނޫނު އަސާސީގެ ފުރަތަމަ އިސްލާހާ ހިލާފަށް، ބޭރު މީޑިއާއަށް ވާސިލުވުމުގެ ހައްގު ހަނިކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން ބުނެފައިވަނީ އެކުންފުންޏާ ޗައިނާ ސަރުކާރާ އޮތް ގުޅުމާ ބެހޭގޮތުން އެމެރިކާގެ އޮފިޝަލުން ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.
އެމެރިކާގެ ޔޫސަރުންގެ ޑޭޓާ އަދި ކޮންޓެންޓް ރެކޮމެންޑޭޝަން އިންޖިން ރައްކާކޮށްފައި ހުންނަނީ އޮރަކަލްއިން އޮޕަރޭޓްކުރާ ކްލައުޑް ސަރވަރުތަކުގައި ކަމަށާއި، އެމެރިކާގެ ޔޫސަރުންނަށް އަސަރުކުރާ ކޮންޓެންޓް މޮޑަރޭޝަން ނިންމުންތައްވެސް ނިންމަނީ އެމެރިކާގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިހާރުގެ އިންވެސްޓަރުން ހުށަހަޅާފައިވާ ޕްލޭންގެ ދަށުން، އޮރަކަލްއިން ކުރިއަށް ގެންދާނީ އެމެރިކާގެ ޔޫސަރުންގެ ޑޭޓާ ރައްކާކުރުމާއި، އެ ޑޭޓާއަށް ޗައިނާއިން ވާސިލުނުވެވޭނެކަން ޔަގީންކޮށްދިނުމެވެ.
ޓިކްޓޮކް، ބައިޓްޑާންސް، ސުސްކުއެހާނާ، އޮރަކަލް އަދި ވައިޓް ހައުސްގެ ތަމްސީލުކުރާ ފަރާތްތަކުން މި މައްސަލައާ ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް ކޮމެންޓެއް ނުދެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޮފީހާ ހަވާލުވުމަށްފަހު ނެރުނު އެގްޒެކެޓިވް އޯޑަރެއްގައި މި ޤާނޫނު ތަންފީޒުކުރުން 5 އޭޕްރީލްއަށް ފަސްކޮށްފޮށްފައިވެއެވެ. އަދި މިދިޔަ މަހު ވިދާޅުވެފައިވަނީ އެއްބަސްވުމަކަށް ވާސިލުވުމަށް އިތުރު ވަގުތު ދިނުމަށްޓަކައި މި މުއްދަތު އިތުރަށް ދިގުކޮށްލެވިދާނެ ކަމަށެވެ.
މިދިޔަ އަހަރު ޓިކްޓޮކްއިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، ބައިޓްޑާންސްގެ 58 އިންސައްތަ މިލްކުވެރިކަން އޮތީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އަތުގައެވެ. އަދި ސިންގަޕޫރުގައި ދިރިއުޅޭ، އެ ކުންފުނީގެ ޗައިނީސް ފައުންޑަރ ޒަންގް ޔިމިންގްގެ އަތުގައި 21 އިންސައްތަ އޮވެއެވެ. ބާކީ 21 އިންސައްތަ މިލްކުވެރިކަން އޮތީ އެކި ގައުމުތަކމުތަކުގެ މުވައްޒަފުންގެ އަތުގައެވެ. މީގެ ތެރޭގައި 7،000 އެމެރިކާ މުވައްޒަފުން ހިމެނެއެވެ.
Comment