ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި

22 މާރިޗު 2025 - 18:43 0

ސާއިފް ޝިޔާދު

ސ


ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި

22 މާރިޗު 2025 - 18:43 0

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ދާދިފަހުން ވަކިކުރި މުހައްމަދު ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.

އެ މައްސަލައިގައި އޭނާ ވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ. ރޭ ވަގުތެއްގައި ޝަމްއާން ޕޮލިހަށް ވެސް ހާޒިރުކުރި އެވެ. އޭނާ ހައްޔަރުކުރީ ޕޮލިހުން ނުކުމެގެން ދިޔަ ފަހުންނެވެ.

ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.

މި މައްސަލާގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައިފާސްކޮށް ފުލުހުން އަތުލި ފައިސާގެ އަދަދު ފުލުހުން ހާމަނުކުރި ނަމަވެސް އެއީ ގާތްގަނޑަކަށް 500،000 އެއްހާ ރުފިޔާއަށްވާ ނަގުދު ފައިސާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.