22 މާރިޗު 2025 - 10:53 0
ލީވާން އަލީ ނާސިރު
އުފަންވެލި ފިހާރަތަކުން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު
22 މާރިޗު 2025 - 10:53 0
ރާއްޖޭގެ އެންމެ ބޮޑު މޭވާއާއި ތަރުކާރީ އިމްޕޯޓަރު، މަޑިހާގެ އުފަންވެލި ފިހާރަތަކުން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަކޮށްގެން މޭވާއާއި ތަރުކާރީގެ އިތުރުން ކުކުޅުގެ އެކި ބާވަތްތައް ވަރަށް ބޮޑަށް އަގު ހެޔޮކޮށް ވިއްކާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކްރިމްސަން ގްރޭޕްސް، ޗައިނާ ކެރެޓް އަދި ކުއީން އެޕަލް ފަދަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހޯލްސޭލް އަދި ރީޓެއިލް އަގުތަކުގައި ވަރަށް ބޮޑަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އުފަންވެލިން ބުންޏެވެ.
މީގެ އިތުރުން، ހޯލް ޗިކަން އަދި ޗިކަން ބަފަލޯ ވިންގްސް، ޗިކަން ބާގާ، ޗިކަން ނަގެޓްސް ފަދަ ކުކުޅުގެ އެކި ބާވަތްތައް ވެސް ވަރަށް ބޮޑަށް އަގުހެޔޮކޮށް އުފަންވެލިން ދަނީ ވިއްކަމުންނެވެ.
އުފަންވެލި ފިހާރައިގެ އަގުހެޔޮ ޕްރޮމޯޝަން ކުރިއަށްދާނީ ރޯދަ މަހުގެ ފަހު ދިހައިގައި އުފަންވެލީގެ ހުރިހާ ފިހާރަތަކުންނެވެ. އެގޮތުން އެ ފިހާރަތަކުން ލިބެން ހުންނަ ތަކެތި އަގުހެޔޮވާނެ އެވެ.
އުފަންވެލިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު
ޕްރޮމޯޝަންގެ ދަށުން ކްރިމްޕްސަން ގްރޭޕްސް އިންޑިއާގެ ހަތަރު ކިލޯ ކޭސް ހޯލްސޭލްކޮށް 180ރ. ލިބޭއިރު، ރީޓެއިލްކޮށް ކިލޯއެއް 50ރ. ލިބެ އެވެ. ޗައިނާ ކެރެޓްގެ 10 ކިލޯ ކޭސް ހޯލްސޭލްކޮށް 180ރ. އަށް ލިބޭއިރު، ރީޓެއިލްކޮށް ކިލޯއެއް 20ރ. ލިބެ އެވެ. އަދި ކުއީން އެޕަލް އިޓަލީ ހޯލްސޭލްކޮށް 550ރ. އަށް ކޭހެއް ލިބޭއިރު، ރީޓެއިލްކޮށް އާފަލެއް 5ރ. އަށް ލިބެ އެވެ.
އުފަންވެލި: މަޑިހާއިން ރޯދަ މަހުގެ ފަހު ދިހައަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: އިމްތިޔާޒް މުސާ / އަދަދު
މަޑިހާ އިން 40 އަހަރުގެ ތަޖުރިބާގެ އަލީގައި އެ ވިޔަފާރިން ތާޒާ، ރައްކާތެރި ޕެރިޝަބަލްސް އަދި މީޓްގެ ބާވަތްތައް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ.
މަޑިހާ އުފަންވެލި ހޯލްސޭލް ފިހާރަ ލައިނޫފަރު މަގުގައި ހުންނައިރު، މަޑިހާ އުފަންވެލި ރީޓެއިލް އޯކިޑު މަގުގައި ހުރެ އެވެ. މަޑިހާ އުފަންވެލި ގަލޮޅު މަޖީދީ މަގު މަޑިހާ އުފަންވެލި ބާޒާރު - ބާޒާރު ސަރަހައްދު އަދި މަޑިހާ އުފަންވެލި އަތޮޅު - އަތޮޅު ފިހާރަބަރީގައި ހުރެ އެވެ.
މަޑިހާ އުފަންވެލި ދެ ފިހާރައެއް ހުޅުމާލޭގައި ހުންނައިރު އެއީ ހުޅުމާލެ މެޑަމް މިސްކިތް ކުރިމަތީގައި ހުންނަ ފިހާރަ އާއި ހުޅުމާލެ ފޭސް 2 އަށް އަރާ ބްރިޖް ކައިރި، ބޮޑު މަގުގަ އެވެ.
މި ހާއްސަ އަގު ދަށްކުރުން ރޯދަ މަހުގެ ފަހު ދިހައިގެ އިތުރުން ހަ ރޯދައަށް ވެސް ދެމިގެންދާނެ ކަމަށް އުފަންވެލިން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment