21 މާރިޗު 2025 - 15:21 5
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ސަލާމްކުރައްވަނީ: ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތުކަން ވަރުގަދަކުރުމަކީ ރައީސް ގެންގުޅުއްވާ މުހިންމު ސިޔާސަތެއް -- ފޮޓޯ: ރައީސް އޮފީސް
21 މާރިޗު 2025 - 15:21 5
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް 15 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
ސަރުކާރުން މިހާތަނަށް އެއްވެސް ތަފުސީލެއް އާންމުކޮށްފައި ނުވާ މި މަޝްރޫއުގެ މައުލޫމާތު ހިމަނާފައި ވަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކަށް ފައިސާ ހޯދަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގަ އެވެ.
ކުރީ ސަރުކާރުން ފަށާފައި ހުރި ބައެއް މަޝްރޫއުތަކާއި މި ސަރުކާރުން އިއުލާންކޮށްފައިވަ މުހިންމު މަޝްރޫއުތަކަކަށް އިންވެސްޓަރުން ހޯދަން އިއުލާނުކުރި މި ގަރާރުގެ 15 ވަނައިގައި ބުނެފައިވަނީ މި މަޝްރޫއުތައް އަމާޒުކުރަނީ މުޅި ރާއްޖެއަށް ކަަމަށެވެ.
ރައީސްގެ ގަރާރުގައި ވަނީ މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
ގައުމީ ސަލާމަތާ ގުޅުވައި ވަރަށް މި މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހާމަނުކުރި ނަަމަވެސް އަސްކަރިއްޔާ އަދި ކޯސްޓުގާޑު ވަރުގަދަ ކުރުމަކީ ރައީސް ގެންގުޅުއްވާ ސިޔާސަތެކެވެ. ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ޑްރޯންތައް ގަތީ ވެސް މި ސިޔާސަތުގެ ދަށުންނެވެ.
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކެއް ހިންގަން ބޮޑު އިންވެސްޓްމަންޓެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތެރިފައިވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ދިވެހި ސަރުކާރުން ސާފޭސް-ޓު-އެއާ މިސައިލްތަކަކާއި އެ ތަކެތި ހަރުކުރެވޭ ފެންވަރުގެ މަނަވަރެއް ގަންނަނީ ތުރުކީގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށެވެ.
މި ސަރުކާރުން ޑްރޯންތައް ގަތީ ވެސް ތުރުކީގެ ކުންފުންޏަކުންނެވެ. އެ ޑްރޯންތައް ގަންނަން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދާފަ އެވެ.
ކްރޮސް ސަބްސިޑީ އުސޫލު އޮންނަ ގޮތުން ސީދާ ފައިސާ އިންވެސްޓުކުރާކަށް ވެސް ނުޖެހެ އެވެ. ސަރުކާރުން ބުނާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ގޮތަށް ވެސް މި އުސޫލުގެ ދަށުން ފަޅުތަކާއި ރަށްތައް ދޫކުރެވެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުލޭ
1 day ago
"ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ޑްރޯންތައް ގަތީ ވެސް މި ސިޔާސަތުގެ ދަށުންނެވެ." ދެން އަސްލު ކީއްކުރަންތަ ގަތީ. އެވާހަކަ ވެސް ބުނެލަބަލަ މިހެން ނުލިޔެ. ފިތުނަވެެރިންްގެ ނޫސް.
ފޮއި
1 day ago
މުއިއްޒު ކައިރީ ޔާމީނާއި އަދީބު އެކަށްޗަކަށްވެސް ނުވިތާ؟ ކުރި ހޯދަނީ ހަމައެކަނި ދޮގާއި މަކަރުން އެކަންޔެއް ނޫންތާ ކޮރަޕްޝަން ވެސް މިއޮތީ ހައްދުން ނަންޓާފަ
އިސްމާލު2.0
1 day ago
މިއީ ސިއްރު ވެރިކަމެކެވެ. ދުނިޔޭގައި ސިއްރު ވެރިކަންތައް ކޮށްފައިވަނީ ހުދުމުހުތާރުކަމުގައި ހައްދުފަހަނަ އަޅާފައި ތިބި މީހުންނެވެ. އާރު.ޓީ.އައި އަށް ޖަވާބު ނުލިބޭތާ، އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް މި ރައީސް ބޭއްވީ ކޮންދުވަހުކު ހެއްޔެވެ؟ އިބޫ ނޫންގޮތެއް ހޯދަން ހަދައިގެން، މިއޮތީ ރޯމާ ދުވާލު ރައްޔިތުންގެ ހައްގުތަކުގައި ކޮޅުފައިން ތަޅާ މީހަކު ވެރިކަމަަށް ގެނެވިފައެވެ. ނަމުގައި ޑރ. އަޔަސް ވިސްނުމެއް ހިލްމެއް އަގަލެއް ކުލުނެއް ނެތް މީހެކެވެ.
އިސްމާލު2.0
1 day ago
އަހްމަދު ފަކީރު ކަލޭ ހަމަތަ؟ ސިއްރުން ސޮއި ކުރި އެއްބަސްވުމެއް ވާނަމަ ހާމަ ކުރާނަމޭ ބުނެ ވެރިކަމަށް އައީ މުއިއްޒު ކައްޒާބު. ކޮންއެއްޗެއް ހާމަ ކުރެވުނީ؟ 2000 އިންޑިޔާ ސިފައިން އުޅޭ ކަމަށް ބުނެ ހެދީ ރޯމަރު ދޮގެއް. ވިއްކާލި ކަނޑެއް ފެންނާކަށް ނެތް. ވިއްކާލައިގެން ލިބުނު ލާރިއެއް ވާނަމަ އެ ހޯދަން އެއްވެސް މަސައްކަތެއް ވެސް ނުކުރޭ.
އަހުމަދު ފަކީރު
1 day ago
ތިޔަ ބުނާ އިބޫ ސަރުކާރުން ތިގޮތަށް ސިއްރުން ކިތައްމެ އެއްޗެއްގައި ސޮއި އަޅާ ކިތަންމެ ތާކުން ފައިސާ އަޑި ނޭނގޭ ގޮތަށް ކަޅާކުރި. ކަމުދާ އެކަކުވެސް މި ގައުމުގަ އަދި ވެރިއަކަށް ނާދެ! މުޅިންވެސް ކައްޒާބުން
Comment