އެމްއެންޔޫގެ މުވައްޒަފުންނަށް "މޯޓިވޭޝަނަލް އެލަވަންސް" ގެ ނަމުގައި 1،000ރ. ދީފި

20 މާރިޗު 2025 - 15:07 1

ލީވާން އަލީ ނާސިރު

ލ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ: އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް "މޯޓިވޭޝަނަލް އެލަވަންސް" ގެ ގޮތުގައި 1،000ރ. ވަނީ ދީފައި -- ފޮޓޯ: އަދަދު ފައިލް


އެމްއެންޔޫގެ މުވައްޒަފުންނަށް "މޯޓިވޭޝަނަލް އެލަވަންސް" ގެ ނަމުގައި 1،000ރ. ދީފި

20 މާރިޗު 2025 - 15:07 1

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މުވައްޒަފުންނަށް "މޯޓިވޭޝަނަލް އެލަވަންސް" ގެ ނަމުގައި މުޅިން އާ އެލަވަންސެއް މިދިޔަ އަންގާރަ ދުވަހު ދީފި އެވެ.

އަދަދު އަށް އެކި މަސްދަރުތަކުން ޔަގީން ކުރެވިފައިވާ ގޮތުގައި މުވައްޒަފުންނަށް އެމްއެންޔޫ އިން 1،000ރ. ގެ އެލަވަންސް ދިނީ އެ ޔުނިވާސިޓީގެ ބަޖެޓުންނެވެ.

އެ އެލަވަންސް ދިނީ މާޗު 10، އިން 15 އަށްމުސާރަ ލިބޭ ހުރިހާ ފުލްޓައިމް މުވައްޒަފުން (ދާއިމީ އަދި ކޮންޓްރެކްޓް) އަދި ސިއްހީ ސަބަބުތަކާ ހުރެ ނުވަތަ ވިހެއުމާ ގުޅިގެން ނުވަތަ އެހެނިހެން ސަބަބުތަކާ ހުރެ ކުރު މުއްދަތުގެ ޗުއްޓީއެއްގައި ތިބި، އެހެންނަމަވެސް އެމީހުންގެ ހިދުމަތުގެ މުއްދަތު މެދުނުކެނޑޭ މުވައްޒަފުންނަށެވެ.

އެކަމަކު މާޗު 10، އިން 15 ގެ މުއްދަތުގެ ތެރޭގައި ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލާފައިވާ މުވައްޒަފުން (ޕޭލީވް އަދި ނޯޕޭލީވް) ގައި ހިމެނޭ މުވައްޒަފުންނަށް އެ އެލަވަންސް ނުދެ އެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ އަބްދުއްރަހްމާން މުބާރިކު ޔުނިވާސިޓީގެ މުވައްޒަފުންނަށް ފޮނުވި މެއިލްއެއްގައި ވިދާޅުވީ މުވައްޒަފުންނަށް ޖަމާކުރި 1،000ރ. އަކީ ޔުނިވާސިޓީގެ ކައުންސިލު މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު މުވައްޒަފުންގެ އަގުވަޒަން ކުރުމަށްދިން އެލަވަންސެއް ކަމަށެވެ.

"މި ހާއްސަ އެލަވަންސަކީ ކައުންސިލުގެ މެންބަރަކު ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް ކައުންސިލުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވި ޔުނިވާސިޓީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން މޯޓިވޭޝަނަލް އެލަވަންސް ގެ ނަމުގައި ފާސްކުރެވުނު އެއްޗެއް،" މުވައްޒަފުންނަށް ފޮނުވި މެއިލްގައި ލިޔެފައިވެ އެވެ.

މުވައްޒަފުންނަށް ފޮނުވި މެއިލްގައި އިތުރަށް ބުނީ އެ 1،000ރ. ގެ މޯޓިވޭޝަނަލް އެލަވަންސަކީ ހަމައެކަނި މި އަހަރު ދިނުމަށް ނިންމާފައިވާ އެލަވަންސެއް ކަމަށެވެ.

އެމްއެންޔޫގެ މުވައްޒަފުންނަށް ޖަމާކުރީ މޯޓިވޭޝަނަލް އެލަވަންސްކަން އެ މުވައްޒަފުންނަށް ޔުނިވާސިޓީން އެންގީ އެކަމާ ގުޅޭގޮތުން ސުވާލު އުފައްދަން ފެށުމުންނެވެ. އޭގެ ކުރިން އެލަވަންސް ދިނުމަށްފަހު ފޮނުވި މެއިލްގައި ބުނީ މުވައްޒަފުންނަށް ދިނީ "ހާއްސަ އެލަވަންސް" އެއް ކަމަށެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ފަންބީފާނު

24 days ago

މިހެން އައު އެލަވަންސް ދެވޭތަ؟ އަނެއްހެން ބުނަންޏާ މިއީވެސް ކައުންސިލުން ނިންމި ކަމެއްތާދޯ؟ މި ބުނީ ސިޓީ ކައުންސިލުންވެސް އެޓެންޑެންސް އެލަވަންސް ކިޔާފައިވެސް ދެނީތާދޯ، ކައުންސިލުތައް މެދުގައި ހަމަހަމަ ކަމެއް ނެތި.