ނެދަލެންޑްސް ޕްރެކްޓިހުގެ ތެރެއިން ގްރަވެންބާކަށް އަނިޔާވެއްޖެ

20 މާރިޗު 2025 - 08:56 0


ނެދަލެންޑްސް ޕްރެކްޓިހުގެ ތެރެއިން ގްރަވެންބާކަށް އަނިޔާވެއްޖެ

20 މާރިޗު 2025 - 08:56 0

އަމްސްޓެޑަމް، ނެދަލެންޑްސް (މާޗް 20) - ނެދަލެންޑްސް ޕްރެކްޓިހުގެ ތެރެއިން މިޑްފީލްޑަރު، ރަޔާން ގްރަވެންބާކަށް އަނިޔާވެ، ޓީމުގެ ކޭމްޕުން ވަކިވެއްޖެ އެވެ.

ގްރަވެންބާކް، 22، ގެ ފަޔަަށް މިދިޔަ އާދިއްތަ ދުވަހު، ލިވަޕޫލުން ނިއުކާސަލާ ދެކޮޅަށް ކުޅުނު ލީގު ކަޕް ފައިނަލް މެޗުގައި ވެސް އަނިޔާއެއްވި އެވެ.

އޭގެ ފަހުން، ނޭޝަންސް ލީގުގެ މެޗަށް، ގްރަވެންބާކް، ނެދަލެންޑްސް ޓީމާ ގުޅުމަށް ފަހު، ޕްރެކްޓިހެއްގައި ބައިވެރިވަނިކޮށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ، އޭނާ މިހާރު ވަނީ އިތުރު މެޑިކަލް ޓެސްޓްތަކެއް ހަަދަން ލިވަޕޫލަށް އަތުވެފަ އެވެ.

އާނާ ސްލޮޓްގެ ދަށުން މި ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރަވެންބާކަކީ މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު 29 މެޗުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެހެންކަމުން، ލިވަޕޫލަށް ސީޒަނުގައި ބާކީ އޮތް ނުވަ މެޗަށް އޭނާ ފިޓްކޮށް ބަހައްޓަން ލިވަޕޫލުން ބޭނުންވާނެ އެވެ.

ލިވަޕޫލަށް ދެން އެންމެ އަވަހަށް މެޗެއް އޮތީ، އަންނަ މަހުގެ ދެ ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށެެވެ.

ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ގްރަވެންބާކް، ލިވަޕޫލަށް ސޮއިކުރީ 45 މިލިއަން ޑޮލަރުގެ ފީ އަކަށް 2023 ވަަނ އަހަރު އެވެ. ބަޔާނަށް، 2022 ވަނަ އަހަރު، 20 މިލިއަން ޑޮލަރުގެ އަގަކަށް އަޔަކްސް އިން ބަދަލުވި ގްރަވެންބާކް ލިވަޕޫލާ ގުޅުނީ ގިނަ މަޝްވަރާތަކަކަށް ފަހު އެވެ.