ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނިކުތަސް ހާޒިރީ އެލަވަންސް ދެނީ

20 މާރިޗު 2025 - 06:37 1

ލީވާން އަލީ ނާސިރު

ލ

ސަރުކާރު އޮފީހެއްގެ މުވައްޒަފެއް: ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނިކުތަސް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނިކުތަސް ހާޒިރީ އެލަވަންސް ދެނީ

20 މާރިޗު 2025 - 06:37 1

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނިކުތަސް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް އިސްލާހު ގެނެސްފި އެވެ.

އެ އިސްލާހުގައިވާ ގޮތުން މަގާމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ގެ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހާޒިރީ އެލަވަންސް ދޭން ޖެހޭނެ އެވެ.

ރޯދަ މަހުގެ ފަހު 10 ގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަހާ އެއްގޮތަށެވެ.

މިގޮތުން ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮތް 10 ޕަސަންޓުގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތް ވަގުތުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންވާނެ އެވެ.

އޭގެ އިތުރުން ރޯދަމަހުގެ ފަހު 10 ގައި ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭން ޖެހޭނެ އެވެ.

މިދިޔަ ރޯދަ މަހުން ފެށިގެން ފަހު 10 ގައި ސަރުކާރު އަންނަނީ ބަންދު ކުރަމުންނެވެ. އެގޮތުން މިދިޔަ ރޯދަމަހުގެ ފަހު 10 ގައި އޮފީހަށް ކޮންމެހެން ނިކުންނަން ޖެހުނު މުވައްޒަފުންނަށް އިނާޔަތެއް ސަރުކާރުން ދީފައިވެ އެވެ.

66.67%

0.00%

0.00%

33.33%

މި ލިޔުން ކިޔާލުމުން


ޒުއީމު

2 days ago

ނޫނޭ ރައީސްގެ އަމާ ބަފާގެ ވާރުތަމުދަލުން ދޭއެއްޗެއް ވީމަ ހުކުރެއް ހޮނިހިރެއް ބަލާނި ކަމެއްނެތް ބުނެވޭނެތާ ދޯ ތިމަންނާ ކެއީ ސިވިލް މުއައްޒަފުންނަށް ވެސް ދީގެންނޭ