އެމްޑީޕީގެ މުޒާހަރާތައް ރޯދަމަހުގެ ފަހު 10 އަކަށް މެދުކަނޑާލައިފި

19 މާރިޗު 2025 - 18:43 0

މުހައްމަދު ޝަހްޒާން

މ

އެމްޑީޕީން މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް / އަދަދު


އެމްޑީޕީގެ މުޒާހަރާތައް ރޯދަމަހުގެ ފަހު 10 އަކަށް މެދުކަނޑާލައިފި

19 މާރިޗު 2025 - 18:43 0

ސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންތައްތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ރޯދަ މަހުގެ ފަހު 10 އަކަށް މެދުކަނޑާލައިފި އެވެ.

އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް މިރެއިން ފެށިގެން މެދުކަނޑާލައިފައިވާކަން އިއުލާނު ކުރީ އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގަ އެވެ.

ސިލްސިލާ މުޒާހަރާތަކެއް ކުރަން އެމްޑީޕީން މަގު މައްޗަށް ނުކުތީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނުކުރި ފްލެޓު ލިސްޓުގައި ހިމެނުނު އެތައް ބަޔަކު ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ލިސްޓުން އުނި ކުރުމާއި މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ކޯޓު ހުއްޓުމަކަށް ގެނައުން ފަދަ އެތައް ކަމަކާ ދެކޮޅަށް އަޑު އުފުލުމަށެވެ.

ފާއިތުވި 12 ދުވަސް ވަންދެން މެދުކެނޑުމެއް ނެތި އެމްޑީޕީން މާލޭގައި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ ކޮންމެ ރެއަކުހެން އެމްޑީޕީގެ އެއްވުމަށް ހުރަސް އަޅަމުންނެވެ. އެގޮތުން ދެ ރެއަކު ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރުމުގެ ސަބަބުން އެމްޑީޕީގެ އާންމު ބައެއް މެންބަރުންނަށް އެކި ވަރުގެ އަނިޔާ ވެސްވި އެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވާ އެތައް ބަޔަކު ފުލުސް އޮފީހަށް ވެސް ފާއިތުވި ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ. އޭގެތެރޭގައި މީގެ ކުރިން މަޖިލީހުގެ މެންބަރުކަން ކުރެއްވި މެންބަރުންނާއި ބައެއް އާންމު މެންބަރުން ހިމެނެ އެވެ.

އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ޕާޓީއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ. އެމްޑީޕީއަށް އިލެކްޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމްޑީޕީގެ އެއްވުންތައް ކުރިއަށް ގެންދަނީ އެއްވެ އުޅުމުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.