20 މާރިޗު 2025 - 07:40 0
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ރައީސް، އަބްދުޛ ޝާހިދު: އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ދީ ނިމިފައި ހުރި ފްލެޓުތަކެއް މި ސަރުކާރަށް އަތު ނުލެވޭނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
20 މާރިޗު 2025 - 07:40 0
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފްލެޓުތައް ލިބުނު މީހުންގެ އަތުން އެ ތަންތަން ފޭރިގަންނަން ސަރުކާރުން އުޅެނީ ފަލަސްތީނު ރައްޔިތުންގެ އަތުން އެ ގައުމުގެ ބިން އިޒްރޭލުން ފޭރިގަންނަ ގޮތަށް ކަމަށް އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ތިބި މީހުންނަށް އެ ތަންތަން ހައްގު ވާނެ ކަމަށާއި އެ ތަންތަން އެމީހުންގެ އަތުން ސަރުކާރަށް އަތު ނުލެވޭނެ ކަމަށެވެ. ސަބަބަކީ ގަނޫނު އަސާސީގައި ވެސް އެކަން އެގޮތަށް ކުރެވެން ނޯންނާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން ޝާހިދު ވިދާޅުވީ އެއްވެސް މީހެއްގެ މުދާ ނިގުޅައިނުގަނެވޭނެ ކަމަށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ. އަދި އާންމުވެގެންވާ ފައިދާއަކަށްޓަކައި އެކަން ކުރަންޖެހިއްޖެ ހާލަތުގައި ވެސް އެކަން ކުރެވޭނީ ގާނޫނުގައި ކަނޑައެޅިގައި އޮންނަ ގޮތެއްގެ މަތިން ކޯޓުގެ ހުކުމަކުން، އަދުލުވެރި ބަދަލެއް ދިނުމަށްފަހު ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެނިގެން މި ދަނީ އިޒްރޭލުން އަމަލު ކުރާ ގޮތަށް، އިޒްރޭލުގެ ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ 4000 މީހުންގެ ހައްގުތައް، އެމީހުންގެ ބޯހިޔާވަހިކަން، އެމީހުންގެ ގެދޮރު ނިގުޅައިގަންނަތަން،" ޝާހިދު ވިދާޅުވި އެވެ،
ޝާހިދު ވިދާޅުވީ އެތައް ބައެއްގެ ބޯހިޔާވަހިކަން އެގޮތަށް ސަރުކާރަށް ފޭރި ނުގަނެވޭނެ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ޝާހިދު ސަރުކާރަށް ގޮވައިލެއްވި އެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރަކީ އިޒްރޭލުގެ ސަރުކާރާ އެއްވަރަށް އަނިޔާވެރި ސަރުކާރެއްކަން މިއޮތީ ފެންނަން، މި ބަރަކާތްތެރި ރޯދަ މަސް، މި ބަރަކާތްތެރި ރޯދަ މަހު ރައްޔިތުންގެ ބޯހިޔާވަހިކަން ނިގުޅައިގެންފައި ވަނީ."
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން މި ސަރުކާރުން ފްލެޓު ދިނީ 1,820 މީހުންނަށެވެ.
މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:
ސަރުކާރުން ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment