Advertisement

ފޮރިން މިނިސްޓަރު ހަލީލް ޖައިޝަންކަރާ ބައްދަލުކުރައްވައިފި

18 މާރިޗު 2025 - 22:03 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު: ދެ ބޭފުޅުން ބައްދަލުކުރެއްވީ އިންޑިއާގައި މިހާރު ކުރިއަށްދާ ރައިސީނާ ޑައިލޮގުގެ ހަވާސާގައި -- ފޮޓޯ: ފޮރިން މިނިސްޓްރީ


ފޮރިން މިނިސްޓަރު ހަލީލް ޖައިޝަންކަރާ ބައްދަލުކުރައްވައިފި

18 މާރިޗު 2025 - 22:03 1

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގެ ހަވާސާގައި ހަލީލް އާއި ޖައިޝަންކަރު ބައްދަލުކުރައްވައި މިހާރު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައި މުސްތަގުބަލުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ގިނަ ގައުމުތަކުން ބައިވެރިވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި މޫސުމީ ބަދަލުތަކާ ގުޅޭ ޕެނަލް ޑިސްކަޝަން އެއްގައި ބައިވެރިވެޑައިގެން ދެއްކެވި ވާހަކައިގައި، މޫސުމާ އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ މިފަދަ ކަންކަމުން ސަލާމަތްވުމަށް ފައިސާ ލިބޭނެ މަގުތައް ހަރުދަނާކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ހަލީލް އިންޑިއާއަށް އިއްޔެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

ދަތުރުފުޅުގެ ތެރެއިން އެކި ގައުމުތަކުގެ އިސްވެރިންނާ ވެސް ހަލީލް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.