Advertisement

ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒުއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

18 މާރިޗު 2025 - 19:56 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި ފީޗާ މެދުވެރިކޮށް ސުވާލު ފޮނުވެނީ ރައްޔިތުންގެ އަޑު ޕޯޓަލްއަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒުއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

18 މާރިޗު 2025 - 19:56 1

ރައީސް އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ގޮތަށް އިފްތިތާހުކުރި ރައްޔިތުންގެ އަޑު ޕޯޓަލްއަށް ވީޑިއޯ ސުވާލު ހުށަހެޅޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

"ރައްޔިތުންގެ ވީޑިއޯ" ގެ ނަމުގައި އިތުރުކުރި މި ފީޗާއާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އާ ފީޗާއާ އެކު މިހާރު ހުރިހާ ރައްޔިތުންނަށް ވެސް ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒުއާ ސުވާލު ކުރުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލު ކުރާ މީހުންނަށް އެމަނިކުފާނު ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ވީޑިއޯ މެދުވެރިކޮށް ރައީސް މުއިއްޒު ދެއްވާ ޖަވާބު އާއްމު ކުރައްވަމުން ގެންދަވާގޮތަށް މިދިޔަ އަހަރުގެ ފެބްރުއަރީގައި ފެއްޓި ސިލްސިލާއެކެވެ.

ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓައިލީ, ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކޮށް ރައީސްއާ ސުވާލު ކުރަން ފުރުސަތު ދިނުމަށް ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވީޑިއޯ އަދި ލިޔުމުން ރައީސް މުއިއްޒު ޖަވާބު ދެއްވާ ކަމަށް ރައީސް އޮފީހުން ބުނަމުންދާއިރު، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.