about 12 hours 0
މިހާރު ކުރިއަށްދާ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: ނަވާޒް އައްސަދު
about 12 hours 0
ރާއްޖޭގައި އިންޓަނޭޝަނަލް ބީޗް ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަން (އޭއެޗްއެފް)އާ ގުޅިގެން ކުރިއަށްދާ، މި އިންޓަނޭޝަނަލް ބީޗް ހޭންޑްބޯލް މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދަނީ، ހދ. ކުޅުދުއްފުށީގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ފަރިތަކުރުންތައް ވެސް މި ވަގުތު ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީ، ބީޗް ހޭންޑްބޯޅަ ކޯޓުގަ އެވެ.
"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ދާދި ފަހުން، އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު ވަނީ ރާއްޖެ ވަޑައިގެންފައި ކަމަށެވެ.
އަދި، އެ ދަތުރުގެ އެކި ބައްދަލުވުންތަކުގެ ތެރޭގައި، ބީޗް ހޭންޑްބޯޅަ އިންޓަނޭޝަަނަލް މުބާރާތުގެ ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ކަމަށް މުޖޭ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ، މި އަހަރު ތެރޭގައި، މި މުބާރާތް ބޭއްވިގެންދާނެ ކަމަށް. އިންޓަނޭޝަނަލް ފެޑެރޭޝަނާ މީގެ ވާހަކަތައް ދިޔައީ ވަރަށް ރަނގަޅަށް، ދެން، އަޅުގަނޑުމެންގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވީ އެންމެ ރަނގަޅަކަށް ހަމަޖެހޭތޯ ދެ ފަރާތް ވާހަކަ ދައްކަމުން މި ދަނީ،" މުޖޭ ވިދާޅުވި އެވެ.
އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު ވަނީ ހޭންޑްބޯލް މޯލްޑިވްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެކު ވެސް ބައްދަލުވުމެއް ކުރިއަށްގެންގޮސްފަ އެވެ.
އެ ބައްދަލުވުމާ ބެހޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފައިވަނީ، ބީޗް ހޭންޑްބޯޅަ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް އޭއެޗްއެފް އާއި ހޭންޑްބޯލް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ދެެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment