ފިހާރައަކަށް ވަދެ ބިދޭސީއަކަށް ބިރުދައްކައި ފޭރިއްޖެ

18 މާރިޗު 2025 - 08:26 0

ލީވާން އަލީ ނާސިރު

ލ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: ފިހާރައަކަށް ވަދެ ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން -- ފޮޓޯ: އަދަދު


ފިހާރައަކަށް ވަދެ ބިދޭސީއަކަށް ބިރުދައްކައި ފޭރިއްޖެ

18 މާރިޗު 2025 - 08:26 0

މާފަންނުގައި ހުރި ފިހާރައަކަށް ވަދެ ބިދޭސީއަކަށް ބިރު ދައްކައި އެ ފިހާރައިން އިއްޔެ ފޭރިއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 9:25 ހާއިރު ހިނގި އެ ހާދިސާގައި ފިހާރައިގައި ހުރި ބިދޭސީ ސޭޓަށް ބިރު ދައްކައި ފޭރުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ.

އެ މީހުން ފޭރުނު ތަކެތީގެ ތެރޭގައި ފައިސާ އާއި ސިނގިރޭޓު އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޯދަ މަހު ވެސް މާލޭގައި ވައްކަމުގެ މައްސަލަތައް މަދުވެފައެއް ނުވެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ވައްކަމުގެ އެކި މައްސަލަތަކުގައި މީހުން ހައްޔަރުކުރާކަން ކްރިމިނަލް ކޯޓުގެ ރެކޯޑުތަކުން އެނގެ އެވެ.