Advertisement

ޔުމްނު ވެއްޓުމުން އެހީތެރިވެނުދީ ދިޔަ މީހާ ހައްޔަރެއް ނުކުރޭ، ބޮޑެތި އަނިޔާތަކާއެކު އޮއްވައި ފުރާޅުން ނެގީ ތިން ގަޑިއިރު ފަހުން

23 އޭޕްރީލް 2025 - 09:48 9

ޔުމްނު ވެއްޓުނު ހ. ފެންޓޯނީގެ އާއި އެގެއާ އިންވެގެން ހުރި ގުދަން މައްޗަށް އޭނާ ވެއްޓިފައި އޮތް މަންޒަރު


ޔުމްނު ވެއްޓުމުން އެހީތެރިވެނުދީ ދިޔަ މީހާ ހައްޔަރެއް ނުކުރޭ، ބޮޑެތި އަނިޔާތަކާއެކު އޮއްވައި ފުރާޅުން ނެގީ ތިން ގަޑިއިރު ފަހުން

23 އޭޕްރީލް 2025 - 09:48 9

މިދިޔަ ހުކުރު ދުވަހު އުސް އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު ހައްވާ ޔުމްނު، 21، ވެއްޓުމުން އޭނާއަށް އެހީތެރިވެނުދީ ދިޔަ ފިރިހެން މީހާ އަދިވެސް ހައްޔަރެއް ނުކުރެ އެވެ.

އުމުރުން 21 އަހަރުގެ އެ ފިރިހެން މީހާގެ މައުލޫމާތު ހާމަ ކުރަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. މިދިޔަ ހުކުރު ދުވަހު ޔުމްނު ވެއްޓުނީ ހ. ފެންޓޯނީގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރަކުން ކަމަށް ފުލުހުން ބުނެ އެވެ.

އެ ގެއިން ޔުމްނު ވެއްޓުނު އިރު، އޭނާއާއެކު ހުރީ އެންމެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގައި ބައްދަލުވުމުގައި، ފެންޓޯނިއާގެ ސިޑި ގޮޅީގައި ޔުމްނާއާއެކު އޭނާ ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ ވަނީ ދައްކައިފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ފެންޓޯނިއާއަކީ ޔުމްނު އަދި އޭނާއާއެކު ހުރި ފިރިހެން މީހާއާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫނެވެ. ފެންޓޯނިއާއަށް އެ ދެ މީހުން ދިޔަ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނަނީ އެ ދެ މީހުން ފެންޓޯނިއާއަށް ދިޔައީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަސްތުގެ ހާލުގައި ތިބެގެން ކަމަށެވެ.

އެ ގޭގެ ސިޑިގޮޅީގައި އެ ދެ މީހުން ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމަށް ފުލުހުން ބުނެ އެވެ. އެއަށް ފަހު ޔުމްނު އެކަނި އެ ގޭގެ ނުވަ ވަނަ ފަންގިފިލާއަށް ސިޑިން އަރައި، އެތަނުގެ ހުރި ކުޑަދޮރަކަށް އެރި ކަމަށް ފުލުހުން ބުނެ އެވެ. ނުވަ ވަނަ ފަންގިފިލާގައި ކެމެރާއެއް ނެތެވެ.

ނުވަ ވަނަ ބުރިން ޔުމްނު ވެއްޓި، ފެންޓޯނިއާއާ ޖެހިގެން ހުރި، ދެ ބުރީގެ އުސްމިނަށް ހަދާފައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓޭ އަޑު ކެމެރާއަށް އަރާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ. އެއީ ފެންޓޯނިއާގެ އަށް ވަނަ ފަންގިފިލާގައި ހަރުކޮށްފައި ހުރި ކެމެރާ އެވެ. އެ އަޑު އިވުނުއިރު ފިރިހެން މީހާ ހުރީ އަށް ވަނަ ފަންގިފިލައިގަ އެވެ.

ޔުމްނު ވެއްޓުނު ފަހުން އޭނާއާއެކު ހުރި ފިރިހެން މީހާ ރޯ އަޑު ކެމެރާއަށް އަރާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ. ޔުމްނު ވެއްޓުނު ފަހުން އޭނާއާއެކު ހުރި ފިރިހެން މީހާ ޔުމްނު ހޯދަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ.

ފިރިހެން މީހާ މަގުމައްޗަށް ގޮސް ބައެއް މީހުންނާ ސުވާލު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ އޭނާ ހުރީ ހުސް ގަޔާ އެވެ. އަދި މަސްތުގެ ހާލުގައި ހުރި މިންވަރު ބޮޑުކަމުން އޭނާ ކިޔަމުންދިޔަ އެއްޗެއް މަގުމަތީގައި ތިބި މީހުންނަށް ނޭނގުނު ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން އެ ފިރިހެން މީހާ އެ ސަރަހައްދުން ދިޔައީ އެވެ. ވެއްޓުނު އިރު ޔުމްނު ލައިގެން ހުރީ ފިރިހެން ފިރިހެން މީހާގެ ޓީޝާޓު ކަމަށްވެ އެވެ. ޔުމްނުގެ ހެދުމަށް ވެފައިވާ ގޮތެއް ނޭނގެ އެވެ. އޭނާ ވެއްޓުނީ ފަތިހު 4:52 ކަމަށްވެ އެވެ. އޭނާ ވެއްޓިފައި އޮއްވައި ފެނިގެން ސަލާމަތް ކުރެވުނީ ހެނދުނު 7:30 ގަ އެވެ.