Advertisement

މޮޅު ކުޅުން ތަކުރާރުކުރާތީ މޮޑްރިޗް ބަހައްޓަން ރެއާލުން ނިންމަނީ

18 މާރިޗު 2025 - 16:09 0


މޮޅު ކުޅުން ތަކުރާރުކުރާތީ މޮޑްރިޗް ބަހައްޓަން ރެއާލުން ނިންމަނީ

18 މާރިޗު 2025 - 16:09 0

މެޑްރިޑް، ސްޕެއިން (މާޗް 18) - ރެއާލް މެޑްރިޑްގެ ކެޕްޓަން ލޫކަ މޮޑްރިޗް އިތުރު އެއް އަހަރު އެ ޓީމުގައި މަޑުކުރަން ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލާ އެކު މޮޑްރިޗް 39, ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެކަމަކު، މޮޑްރިޗް އަދި ރެއާލުން ވެސް ބޭނުންވަނީ އޭނާ އިތުރު އަހަރަކު ކްލަބްގައި މަޑުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެންވެ، ރެއާލުން ވަނީ މޮޑްރިޗަށް އިތުރު އަހަރަކު އޭނާ މަޑުކުރުމަށް ކޮންޓްރެކްޓެއް ދޭން އެއްބަސްވުމަކަށް އަތުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޮޑްރިޗް ވަނީ ރެއާލުން ހުށަހެޅި ކޮންޓްރެކްޓަށް އެއްބަސްވެފަ އެވެ. އަދި އެކަން މެއި މަހު އިއުލާން ކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

މީގެ ކުރިން މި ސީޒަން ނިމުމުން ރެއާލް ދޫކޮށް އެހެން ކްލަބަކަށް މޮޑްރިޗް ބަދަލުވާނެ ކަމަށް ބެލެވުނެވެ. އޭނާގެ ސޮއި ހޯދަން ސައުދި އަރަބިއްޔާގެ ކްލަބްތަކާއި އެެމެރިކާ ލީގުގެ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

މި ފަހުން މޮޑްރިޗް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ރެއާލްއާ އެކު ކޮންމެ މެޗެއްގައި ވެސް ކުޅެން ބޭނުންވާ ކަމަށެވެ. އަދި އުމުރުން ކިތަންމެ ދުވަސްވިޔަސް އަދިވެސް 90 މިނިޓް ކުޅެވޭނެ ހިތްވަރު ހުރިކަމަށް އޭނާ ބުނެފައިވެ އެވެ.

ރެއާލްއާއެކު މޮޑްރިޗް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރެއާލްއާ އެކު ހަ ޗެމްޕިއަންސް ލީގު މޮޑްރިޗް އުފުލާލައިރު، ސްޕެނިޝް ލީގު ތިން ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.

ޓޮޓެންހަމް ދޫކޮށް، 2012 ވަނަ އަހަރު މޮޑްރިޗް ރެއާލަށް ބަދަލުވިއިރު، އޭނާ ވަނީ 2018 ވަނަ އަހަރު ފީފާ ބެލޮންޑިއޯ އެވޯޑް ކާމިޔާބު ކޮށްފަ އެވެ.