Advertisement

ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން ތިން ދުވަހު އެމްއައިބީ ހުޅުވާނެ

Advertisement

އެމްއައިބީ: ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން ތިން ދުވަހު އެ ބޭންކު ހުޅުވާނެ ކަމަށް ބުނޭ -- ފޮޓޯ: އަދަދު ފައިލް


ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން ތިން ދުވަހު އެމްއައިބީ ހުޅުވާނެ

Advertisement

ރޯދަ މަހުގެ ފަހު 10 ގެ ތެރެއިން މާޗު 20، 28، އަދި 29 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީން ބުނީ އެ ތިން ދުވަހު އެ ބޭންކު ހެނދުނު 09:30 ގައި ހުޅުވުމަށްފަހު ބަންދުކުރާނީ މެންދުރު 2:00 ޖަހާއިރު ކަމަށެވެ.

Advertisement

ނަމަވެސް އެމްއައިބީގެ ބިޒްނަސް ބްރާންޗް ފަހު 10 ގެ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއައިބީގެ ހުރިހާ ހިދުމަތެއް ބޭންކަށް ނުގޮސް ލިބޭއިރު 2023 އިން ފެށިގެން އެ ބޭންކަށް ނުގޮސް އެކައުންޓު ހުޅުވި ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބެ އެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަޖަމާކުރެވޭނެ އެވެ.

Advertisement

އަދި އެ ބޭންކުގެ އިންޓަނެޓް ބޭންކިން އިން ފަސޭހަ ކަމާ އެކު ޓީޓީ ކުރެވި، ރައްކާތެރި ކަމާއިއެކު ފައިސާގެ މުއާމަލާތް ކުރެވޭ އިރު ފަހު 10 ގައި އެމްއައިބީ ހުޅުވާ ތިން ދުވަހު އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުސާރަ ޖަމާކުރެވޭނެ އެވެ.