Advertisement

މީހެއްގެ ސިޔާސީ އަޑު ކަނޑުވައިލުމަށް އަނިޔާވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޑިމޮކްރެޓްސް

17 މާރިޗު 2025 - 09:17 0

މުހައްމަދު ޝަހްޒާން

މ

Advertisement

ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި އެ ޕާޓީގެ ދެ ނައިބުރައީސުން -- ފޮޓޯ: ޑިމޮކްރެޓްސް


މީހެއްގެ ސިޔާސީ އަޑު ކަނޑުވައިލުމަށް އަނިޔާވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޑިމޮކްރެޓްސް

17 މާރިޗު 2025 - 09:17 0

Advertisement

Advertisement

އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖަހައި ދިން ހަމަލާއަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެ އެކަން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންހެނުންނަށް ވެސް ފިރިހެނުންނެކޭ އެއްފަދައިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ އުޅުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށާއި ކޮންމެ ފަރުދެއްގެ ވެސް އިންސާނީ އަދި ސިޔާސީ ހައްގުތައް އެމީހެއްގެ ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ރައްކާތެެރި ކުރެވެންޖެހޭނެ ކަމަށެވެ.

Advertisement

"މީހަކު، ހާއްސަ ގޮތެއްގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނަކަށް ވީތީ، ފާޅުކުރާ ހިޔާލަކުން ނުވަތަ އެމީހެއްގެ ސިޔާސީ ވިސްނުމެއްގެ ސަބަބުން، އެއީ ކުށެއްކަމަށް ހަދައި ސިޔާސީ ގޮތުން ހަރަކާތްތެރިވެ އުޅުމަށާއި ފާޅުކުރާ އަޑުތައް ކަނޑުވައިލުމަށް އަނިޔާވެރިވުމާއި ބިރުދެއްކުމުގެ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ،" ޑިމޮކްރެޓްސް ގެ ބަޔާނުގައި ބުންޏެވެ.

ޑިމޮކްރެޓްސް އިން ވަނީ ހާއްސަކޮށް އަންހެން އެކްޓިވިސްޓުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

މަންދީއަށް ރޭ ބަޔަކު ދިން ހަމަލާ ޑިމޮކްރެޓްސް އިތުރުން އެމްޑީޕީ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

Advertisement

މަންދީ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހީ އޭނާގެ ފަހަތުން ފާރަލުން ގޮސް ކަލާފާނު ހިނގުމުން، ރޭ 1:07 އެހާއިރު އެވެ.