Advertisement

ހުލާސާކޮށް އިއްޔެ: އެންމެން އެކުގައި މުއިއްޒު ބަލިކުރާނެ ކަމުގެ ޔަގީންކަން

24 ޖޫން 2025 - 06:22 1

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމުން މަރުހަބާ ކިޔުމަށް ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އާއި ނަޝީދު، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އެންމެން އެކުގައި މުއިއްޒު ބަލިކުރާނެ ކަމުގެ ޔަގީންކަން

24 ޖޫން 2025 - 06:22 1

އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުންނާއެކު އެމްޑީޕީ އެކަތިކަނޑެއްގެ ގޮތުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރާނެ ކަމަށް އެ ޕަޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ އޭނާގެ އުންމީދަކީ އެމްޑީޕީގެ ހުރިހާ މެންބަރުންނާއި އިސްވެރިން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން އެކުގައި މި މަސައްކަތް ކޮށް. އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރުން. މި ގައުމު އަޅުގަނޑުމެން އަނބުރާ ހޯދުން. ހަމަ ގައިމުވެސް ތިޔަ ބޭފުޅުންނާ އެއްކޮށް އެ މަސައްކަތް ކުރުމުގަ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ ދެ އަހަރުކުރިން އެމްޑީޕީ ވަކިވެގެން ދިޔަ މެންބަރުން އެނބުރި ޕާޓީއަށް ގުޅުމަށް ނިންމި ނިންމުމާއި، އެ މެންބަރުންނަށް މަރުހަބާ ކިޔަން އެމްޑީޕީގެ އިސްވެރިން ނިންމި ނިންމުމަކީ ގައުމަށާއި ކުރިއަށް އޮތް ޖީލުތަކަށްޓަކައި ނިންމި ހިތްވަރުގަދަ ނިންމުމެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ނަޝީދާއި އެ ޕާޓީގެ ކުރީގެ އިސްވެރިން ގުޅުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދެން ހުރި އިންތިހާބުތައް ކާމިޔާބު ކުރެވޭނެ ކަމަށާއި މި ސަރުކާރު ހަމަ މަގަށް އެޅުވުމުގައި ބާރު ސްޕީޑުގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:37
  • އިރުއަރާ 05:56
  • މެންދުރު 12:12
  • އަޞްރު 15:36
  • މަޣްރިބް 18:21
  • ޢިޝާ 19:40

މުހިއްމު ބައެއް ހަބަރު