Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު ބޭރުކޮށްނުލާ އަނބުރާ ކޮމިޓީއަށް ފޮނުވައިފި

17 މާރިޗު 2025 - 07:41 1

އަހުމަދު އާއިދު

އ

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލަން މިއަދު ވަނީ ފާސްކޮށްފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު ބޭރުކޮށްނުލާ އަނބުރާ ކޮމިޓީއަށް ފޮނުވައިފި

17 މާރިޗު 2025 - 07:41 1

Advertisement

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ އަލުން އަނބުރާ ފޮނުވާލެއްވުމުން މަޖިލީހުން ބޭރުކޮށްނުލާ އަލުން ކޮމިޓީއަށް ފޮނުވައިފި އެވެ.

ފެބްރުއަރީ 26، ގައި މަޖިލީޖުން ފާސްކޮށް ފޮނުވި ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީ މާޗު 11، ގެ ރޭގަ އެވެ. އެ ބިލާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރީ މިއަދުގެ ޖަލްސާގަ އެވެ.

Advertisement

މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވާހަކަދެއްކެވީ ބިލު ގާނޫނާ ހިލާފު ކަމަށް ވިދާޅުވެ އެވެ. ޕީއެންސީގެ ބައެއް މެންބަރުން ވެސް ބިލާ އިދިކީލަ ވާހަކަދެއްކެވި އެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލެއްވީ ބިލު ބޭރުކޮށްލުމަށެވެ.

ބޭރުކޮށްލުމުގެ ބަދަލުގައި އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އެ ހުށަހެޅުން ފާސްވީ ޕީއެންސީއަށް ނިސްބަތްވާ 50 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަ މެންބަރަކާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރުމާ ގުޅިގެން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތް ދުވަހުގަ އެވެ.

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު އަނބުރާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ އަލުން އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފި.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު އަނބުރާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ އަލުން އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފި.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރި އެވެ. އޭގެ ތެރެއިން އެއް ފަނޑިޔާރު އިސްތިއުފާ ދެއްވިއިރު ފުލް ބެންޗު ހަމަނުވާތީ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ވަނީ ހުއްޓިފަ އެވެ.

ސަސްޕެންޑުކުރި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.

ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖޭއެސްސީން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ އަށް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރު, އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހުމާނެވެ.

ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަޒާން ބިލުގެ ވޯޓުގައި ބައިވެރިވާން ދެކޮޅު ހެއްދެވި އެވެ. އެކަމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުންނާއި މަޖިލީހުގެ ހާއްސަ ކޮމިޓީތަކުން އޭނާ ބޭރުކުރި އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފަނޑިޔާރު

2 days ago

ރައީސުލް ޖުމުހޫރިއްޔާއަށް ބައެއްފަހަރު ހީވާކަހަލަ ތިމަންނައަށް ހެއްދެވި ފަރާތަށްވެސް އޮލުވާލެވިދާނެހެން