Advertisement

މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ ރައްޔިތުންގެ އަޑު ކަނޑުވާލައި ބިރުދައްކަން: ސޯލިހު

17 މާރިޗު 2025 - 06:58 1

ލީވާން އަލީ ނާސިރު

ލ

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ ރައްޔިތުންގެ އަޑުކަނޑުވާލައި ބިރުދައްކަން ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ ރައްޔިތުންގެ އަޑު ކަނޑުވާލައި ބިރުދައްކަން: ސޯލިހު

17 މާރިޗު 2025 - 06:58 1

Advertisement

Advertisement

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ރޭ ކަޅުތެޔޮ ޖެހީ ރައްޔިތުންގެ އަޑު ކަނޑުވާލައި ބިރު ދެއްކުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ކުށްވެރިކޮށް ސޯލިހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަޅުތެޔޮ ޖެހި ކަމުގެ ފިނޑި އަމަލަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެންނަށް ބިރުދައްކަން ކުރި ކަމެއް ކަމަށެވެ.

Advertisement

"މިކަހަލަ ބިރުެއްދުކުމާއި ފިއްތުންތަކަށް އެމްޑީޕީއެއް ނުސިހޭނެ، އަދި ރައްޔިތުންގެ ހައްޤުގައި އެމްޑީޕީން ކުރިއަށް ގެންދާ ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ނުޖެހި ކުރިއަށް ދާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާ ނިންމުމަށް ފަހު ރޭ ސައިކަލުގައި ގެޔަށް ދިޔަ މަގުމަތީގައި، މަންދީ އަށް ކަޅުތެލުގެ ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ތިބި ބަޔަކު ދަންވަރު 1:07 ހާއިރު ކަލާފާނު ހިނގުމުން ކަމަށް އޭނާ ބުންޏެވެ.

މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަ ދެއްކި މަންދީގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ވަނީ ފަށައިފި އެވެ.